އއ.ތޮއްޑޫގައި ބާއްވާ މާސްޓާރސް ޓޭބަލް ޓެނިސް މުބާރާތް މާދަމާ ފަށާނެ.

  • 19 އޮގަސްޓް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

އއ.ތޮއްޑޫ ގައި ފުރަތަމަ ފަހަރަށް ޓީޓީ މާސްޓާސް ޓެނިސް މުބާރާތުގެ ނަމުގައި ވެޓަރަންސް ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ޓީޓީ މުބާރާތް މާދަމާ ފަށާނެއެވެ.

މި ޓޯނަމަންޓް އަކީ އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީ އާއި ގުޅިގެން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 20 ފެށިގެން އޮގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށެވެ..

ތޮއްޑޫ މާސްޓާރސް ޓޭބަލް ޓެނިސް ޓޯނަމަންޓްގައި ބައިވެރި ވެފައިވާ އުމުރު ތަކަކީ 35 އަހަރާއި 75 އަހަރާއި ދެމެދުގެ ކުޅުންތެރިންނެވެ. 16 ޤައުމަކުން މި މުބާރާތުގައި ބައިވެރި ވެފައިވާއިރު ޖުމްލަ 75 ބައިވެރިން މި މުބާރާތުގައި ވާދަކުރާކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި ބެހިފައިވާ ކެޓެގަރީ ތަކަކީ 30އަހަރުން މަތި، 50 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި، 70 އަހަރުން މަތި، އަދި 75 އަހަރުން މައްޗެވެ. އަދި ވަނަ ހޮވުމުގައި ވެސް ބެލެވޭނީ މިއިން ކޮންމެ ކެޓެގަރީ އަކުން ސިންގަލް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް މެޗް ތަކުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މި ޓޯނަމަންޓް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ތޮއްޑޫ ގައި ސްޕޯޓްސް ޕްރޮމޯޓް ކުރުމަށާއި އަދި އޮފް ސީޒަން ތަކުގައި ލޯކަލް ޓުއަރިޒަމްއަށް އޮކިއުޕޭންސީ އިތުރު ކުރުމަށް ކަމަށް މުބާރާތް އިންތިޒާމްކުރާ އިހާ ޓޭބަލް ޓެނިސް އެކަޑަމީން މަޢުލޫމާތު ދެއެވެ.

ޓީޓީ މާސްޓާސް ޓޯނަމަންޓް ހުޅުވުމުގެ ރަސްމިއްޔާތިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއީ ރާއްޖޭގެ ރަށެއްގައި ޓީޓީގެ މާސްޓާށް ޓޯނަމަންޓްއެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.

Advertisement
Advertisement

ކޮމެންޓް (0)