އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 2025 ގެ ޗެމްޕިއަންކަން އއ. ތޮއްޑޫ އިން ކާމިޔާބުކޮށްފި.

  • 07 ސެޕްޓެމްބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 2025 ގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން އއ. ތޮއްޑޫ ޓީމް އިން ވަނީ ހޯދާފައެވެ.

މިއަދު ހާވީރު ކުޅުނު ފައިނަލް މެޗްގައި ބޮޑުފޮޅުދޫ ޓީމާއި ތޮއްޑޫ ޓީމް ވާދަކޮށް އއ.ތޮއްޑޫ ޓީމް ވަނީ މި މުބާރާތުގެ ޗެމްޕިއަން ހާސިލްކޮށްފައެވެ. މިރޭގެ މެޗް އިން 2-2 އަކުން އެއްވަރުވެ ޕެންލްޓީއިން 4-2 އަކުން ވަނީ ތޮއްޑޫ ޓީމް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމް އަދި ރަނާރއަޕް ޓީމް އަށް މެޑަލް، ޓްރޮފީ އަދި ފައިސާގެ އިނާމް މިރޭ ވަނީ ހަވާލްކުރެވިފައެވެ. އަދި އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 2025 ގެ ޗެމްޕިއަން ޓީމް އަށް ނައިންޓީ ޕްލަސް ގޯލްޑް ކަޕް އިން ވަނީ ޖާގަ ކަޝަވަރުވެފައެވެ.

މި މުބާރާތުގެ ފުޓްބޯޅައިގެ އެންމެ މޮޅު ގޯލް ކީޕާރ އަދި މިއަދު ހަވީރުގެ ފައިނަލް މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ، އއ.ތޮއްޑޫ ޓީމްގެ ޖާރޒީ ނަންބާރ 99 އަބުދުއްﷲ ރިޔާޝް އެވެ. އަދި މި މުބާރަތުގެ ފުޓްބޯޅައިގެ އެންމެ އުންމީދީ ކުޅުންތެރިޔާކަން ލިބިފައިވަނީ، އުކުޅަސް ޓީމް ޖާރޒީ ނަންބާރ 10 އަބްދުﷲ ހުސައިން ސާމީ އަށެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަށް 5 ކުޅުންތެރިން ހިމެނިފައިވެއެވެ. އުކުޅަސް ޓީމްގެ ޖާރޒީ ނަންބަރ 55 އަބްދުﷲ ފިޒާ އަބްދުލް ޤަފޫރް، ތޮއްޑޫ ޓީމްގެ ޖާރޒީ ނަންބާރ 4 ހުޒާމް ހަމީދް، ބޮޑުފޮޅުދޫ ޓީމްގެ ޖާރޒީ ނަންބާރ 19 ޔޫނުސް ރައްޔާން، ތޮއްޑޫ ޓީމްގެ ޖާރޒީ ނަންބާރ 14 އަލީ މަނާލް މުސްޠަފާ އަދި ތޮއްޑޫ ޓީމްގެ ޖާރޒީ ނަންބާރ 9 އިބްރާހިމް ޝައުގަތްއެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯރޗްކަން ލިބިފައިވަނީ، އއ.ތޮއްޑޫ ޓީމްގެ ކޯރޗް ހަސަން ފިރާޒްއެވެ.

ތޮއްޑޫ ޓީމްގެ ކަމިޔާބީ އަކީ ޓީމް ކުޅުންތެރިންގެ ހިތްވަރުން ލިބުނު ކާމިޔާބީއެއްކަމާއި، ކުޅުންތެރިން ފުޓްބޯޅަ ކުޅޭލެއް މަދުވިނަމަވެސް ކޯޗްގެ އިރުޝާދަށް ކުޅުންތެރިން ކުރި މަސައްކަތާއި ކުރި ހިތްވަރާއި ކުޅުންތެރިންގެ ހުނަރުން ލިބުނު ކާމިޔާބީއެއް ކަމަށް ތޮއްޑޫ ޓީމްގެ ކޯޗް ހަސަން ފިރާޒް ބުނެފައިވެއެވެ.

އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 2025 ގެ ހޭންޑްބޯލް ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އއ.ރަސްދޫ ހޭންޑްބޯލް ޓީމްއެވެ. މިރޭގެ ހޭންޑްބޯލް ފައިނަލް މެޗްގައި ރަސްދޫ އަދި އުކުޅަސް ޓީމް ވާދަކޮށް 13- 11 އިން ޗެމްޕިއަންކަން ހޯދާފައިވަނީ ރަސްދޫ ހޭންޑްބޯލް ޓީމްއެވެ. އަދި މިރޭގެ ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗް ލިބިފައިވަނީ ރަސްދޫ ޓީމްގެ ޖާރޒީ ނަންބާރ 6 ބަދޫރާ އަހްމަދަށެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއްބޭނުމަކީ އިޖުތިމާއީ ގުޅުން ބަދަހިވެގެންދިއުމާއި، މި އަތޮޅުގެ ކުޅުންތެރިންގެ ހުނަރުވެރިކަން ދައްކާލުމަށް ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދިއުމާއި، އެކަމުގެ ސަބަބުން ގައުމީ ލެވެލްގެ އެކި މުބާރާތްތަކުގައި އެކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށް އަތޮޅު ކައުންސިލްގެ މެމްބަރ ސުޖާއު އަހްމަދް ވިދާޅިވެފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)