އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ގާއިމްކޮށްފި
- 01 ޖުލައި 2026
އެންސްޕާ އިން ބުނިގޮތުގައި މިއަދުން ފެށިގެން އެންސްޕާގެ އައްޑޫ އޮފީހުން ކޯލް ސެންޓަރުގެ ހިދުމަތް ލިބޭނެއެވެ. އަދި މިއާއެކު މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތުގެ ގަޑިތައް ވެސް ވަނީ އިތުރުކުރެވިފައިި ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން ގެންދިޔަ މި ހިދުމަތް، މިއަދުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ 6 ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ލިބެން ހުންނާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
މި ގެނެވުނު ބަދަލަކީ އެންސްޕާގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ހިދުމަތްތަކުގެ މައުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.


އެންސްޕާ، ހެލްތް މިނިސްޓްރީ






