ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެ.
- 10 ޖުލައި 2025
ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސް ގުދަނުގައި އަލިފާން ރޯވެއްޖެއެވެ. އަދި މިތަނުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުނެނެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވިކަމުގެ ޙަބަރު ލިބުނީ މިރޭ 18:48 ގައެވެ. އަދި އެތަނުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ހުޅުލޭ ފަޔަރ އެންޑް ރެސްކިޔުއިން މިހާރު ދަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް އަލިފާންގަނޑު ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މަންޒަރު ދުށް ފަރާތްތަކުން ސޯޝަލް މީޑިޔާއަށް އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ގުދަނުގެ ބޭރަށް މާ ބޮޑަށް ފެންނާކަށް ނެތެވެ. ނަމަވެސް އެ ސަރަހައްދަށް ދަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކުރަމުންނެވެ. އެހެންކަމުން އެސަރަހައްދަށް ނުދިޔުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
އަލިފާންގަނޑުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.