ހެނދުނުގެ ވަގުތެއްގައި ހިޔާ ފްލެޓް އިން ވެއްޓި ދިވެއްސެއް ނިޔާވެއްޖެ.
- 01 ނޮވެމްބަރ 2025
ހިޔާފްލެޓް 8 ގެ 14 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި މަރުވެއްޖެއެވެ.
މިއަދު ހެނދުނު 8:30 ކަން ހާއިރު ހިޔާ ފްލެޓް އަކުން މީހަކު ވެއްޓުނު ކަމަށް ރިޕޯޓް ކުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ހިޔާ ފްލެޓުން ވެއްޓިފައިވަނީ 33 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހިޔާ ފްލެޓުން ވެއްޓުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައިކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާމެދު އަދި އިތުރު މައުލޫމާތެއް ލިބިފައެއްނުވެއެވެ.
މިވަގުތު ފުލުހުން ދަނީ މި މައްސަލަ ތަޙުގީގު ކުރަމުންކަމަށް މައުލޫމާތު ލިބެއެވެ
.

ވަރަނޫސް




