ކުރިއަށް އޮތީވެސް ކަނޑުގަދަ ދުވަސްތަކެއް- ދަތުރު ނުކުރުން ބުއްދިވެރި.
- 19 ޖުލައި 2025
ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް އެމްއެންޑީއެފުން ބުންޔެވެ. ކުރިއަށް އޮތީ މޫސުން ގޯސް ކަނޑުގަދަ ދުވަސް ތަކަކަށްވުމުން ކޮންމެހެން ކުރަންޖެހޭ ދަތުރެ ނޫނީ ނުކުރުމަށްވެސް ވަނީ ބުނެފައެވެ.
ފެށިގެން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ ވައިޖެހޭލެއް ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ. ވިލާގަނޑުގައި އިތުރަށް ވައި ބާރުވާނެކަމަށްވެސް ވަނީ އަންގާފައެވެ. އަދި މި ވިއްސާރައިގައި ރޭގަނޑު ދަތުރު ނުކުރުމަށާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ދުވާލު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް އެލާޓް ނެރޭއިރު ޔެލޯ އެލާޓާއި، އޮރޭންޖް އެލާޓް ނެރެފަ ވާނަމަ ދަތުރު އެއްގޮތަކަށްވެސް ނުކުރުމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަންނަ އާދިއްތަ އާއި ހަމައަށް މޫސުން ގޯސްވެ ވަޔާއި ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ވިއްސާރަ މުޅި ރާއްޖެއަށްވެސް ކުރާނެކަމަށް ބުނެފައިވެއެވެ.
މިއަދު ހެނދުނު ކުރި ވިއްސާރާގައި 52 މޭލަށް ވައި ގަދަވެފައި ވާއިރު، ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގެ ގިނަ ރަށްތަކަށް ދަނީ ވިއްސާރައިގެ ސަބަބުން ގެއްލުންތައް ކުރިމަތިވަމުންނެވެ.