ރައީސުލް ޖުމްހޫރިއްޔާ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތޮއްޑޫ އަށް ވަޑައިގަތުނ

  • 20 އޮގަސްޓް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގަތް ދަތުރުފުޅުގައި ތޮއްޑޫއަށް އެތައް ގިނަގުނަ ފައިދާތަކެއް ކުރުވަނި މަޝްރޫޢުތަކެއް ފެއްޓެވުމަށް ބިންގާ އެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް ވަޑައިގެން ޑޮލަރު އޭޓީއެމްގެ ޙިދުމަތް ފައްޓަވާދެއްވިއެވެ. މިއީ މާލެއިން ބޭރުގައި ޑޮލާރ އޭޓީއެމް ހުޅުވި 4 ވަނަ ރަށެވެ. އަދި ހަމަ އެއާއެކު ބީއެމްއެލް ތޮއްޑޫ ބްރާންޗެއް އެޅުމަށް ވަނީ ބިންގާވެސް އަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތޮއްޑޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ބިންގާ އަޅާ، ރަސްމީކޮށް ފައްޓަވާދެއްވާފައެވެ. އަދި ތޮއްޑޫގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތްވެސް ވަނީ ބިންގާ އަޅާ، ޢަމަލީ ގޮތުން ފައްޓަވާދެއްވާފައެވެ. ހަމަ އެއާއި އެކު ތޮއްޑޫގައި ތިން އިންޑޯރ ކޯރޓް ހިމެނޭގޮތަށް ބެޑްމިންޓަން ކޯރޓެއް އެޅުމުގެ މަސައްކަތްވެސް ވަނީ މިއަދު ޢަމަލީ ގޮތުން ފައްޓަވާފައެވެ.

ތޮއްޑޫގައި މިހާރު ބޭއްވުމަށް ތައްޔާރުވެފައިވާ ޓީޓީ މާސްޓާރސް ޓޯނަމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ ރާއްޖޭގައި ޓީޓީ މާސްޓާރސް ޓޯނަމަންޓް ބޭއްވޭ ފުރަތަމަ ފަހަރެވެ

ރައީސުލްޖުމްހޫރިއްޔާ މިއަދު ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި، ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން އެޅުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރެއްވިއެވެ. އަދި މީގެ އިތުރުން ތޮއްޑޫ ސްކޫލްގައި އިތުރު ކްލާސްރޫމް، ސައިންސްލެބް އަދި އިތުރު ސުޓާފް ރޫމެއްގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރަީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތޮއްޑޫގައި ނަރުދަމާގެ ނިޒާމްގެ ޙިދުމަތް ރަސްމީކޮށް ފައްޓަވާދެއްވިއެވެ. މި ތިން މަޝްރޫޢުވެސް ބާރަށް ކުރިއަށް ގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ތޮއްޑޫގައި 30 ބެޑްގެ ހެލްތް ސެންޓާރ ހެދުމުގެ މަސައްކަތާއި، ތޮއްޑޫގެ މަގުތަކުގައި ގާޖެހުމުގެ މަސައްކަތް ޢަމަލީ ގޮތުން ވަރަށް އަވަހަށް ފެއްޓެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ތޮއްޑޫ ފުޓްބޯޅަ ދަނޑު ރޭގަނޑު ކުޅެވޭނެހެން ލައިޓް ހަރުކުމުގެ މަސައްކަތާއި ފިޓްނެސް ރިޓްރީޓް މަރުކަޒެއް އެޅުމުގެ މަސައްކަތާއި އަދި އައުޓްޑޯރ ޖިމް އެއް އެޅުމުގެ މަސައްކަތް މިއަހަރުތެރޭގައި ފެއްޓޭނޭކަމަށެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމުން ކުރިއަރާފައިވާ ރަށަކަށް ވާތީ އެމް.އެން.ޔޫގެ ބްރާންޗެއް، ފެކަލްޓީ އޮފް އެގްރިކަލްޗާރ އެންޑް ފުޑް ސައިންސް ކިޔެވޭނެގޮތަށް ތޮއްޑޫގައި އިމާރާތެއް އަޅާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ތޮއްޑޫއަކީ ޓޫރިޒަމް ކުރިއަރާފައިވާ ރަށަކަށްވާތީ ދަތުރުފަތުރަށް އިތުރު ލުއިފަސޭހަކަމެއް ގެނައުމަށް އަންނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ތޮއްޑޫގައި ސީޕްލޭން ގާއިމް ކޮށްދޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ހަމައެއާއި އެކު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހޭންޑްބޯލް ކޯޓް އެޅުމަށް ހަމަޖެހިފައިވާއިރު ތޮއްޑޫވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތޮއްޑޫގައި މަސްވެރިކަމަށް ޙާއްސަ ސްޕޯޓްސް ބޮއެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވިދާޅުވެފައިވަނީ މި ހުރިހާ ކަންތައްތަކަކީ ތޮއްޑޫއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭ މަޝްރޫޤުރަކެއްކަމަށެވެ.

Advertisement
Advertisement

ކޮމެންޓް (0)