މޭޑޭ ރެލީ ބުރާސްފަތި ދުވަހު ބޭއްވުމަށް އިދިކޮޅު ޕާޓީ އެމްޑީޕީ އިން ނިންމައިފި.

  • 27 އޭޕްރިލް 2025
A capture from a previous rally held by main opposition MDP: The party is scheduled hold a major rally in Male' on May Day. (Sun Photo/Moosa Nadheem)
ފޮންޓު ސައިޒު: ށ ށ ށ

މަސައްކަތްތެރިންގެ ހައްޤުތައް ދިފާއުކުރުމަށް ގޮވާލާ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޭޑޭ ރެލީ މި އަހަރުވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރ.އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ މިހެން ވިދާޅުވީ 25 ވަނަ ދުވަހު އޮތް އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއިރެއްގައި މަސައްކަތްތެރިންނަށް ދަތިވެފައިވާ ހައްޤުތަކުގެ ދިފާއުގައި އަޑު އުފުލަމުން އަންނަ ބައެއްކަމަށާއި، އެގޮތުން މި އަހަރުގެ މޭޑޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ރެލީ ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 1 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. އަދި މި ރެލީގައި ވަރަށް ގިނަ މަސައްކަތްތެރިން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ބައްދަލުވުމުގެ ތެރެއިން ބިގޭ ވިދާޅުވެފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)