ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 2025 ގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް އެކަޑަމީން ހޯދައިފި.

  • 26 ސެޕްޓެމްބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

އިއްޔެ ހަވީރު ކުޅުނު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 2025 ގެ 17 އަހަރުން ދަށުގެ ފައިނަލް މެޗްގައި ވާދަކޮށްފައިވަނީ، އޮޑި އެކަޑަމީ އާއި ރިދަން ސްޕޯޓްސް އެކަޑަމީ އެވެ. މި މެޗްގައި 0 – 3 އަކުން ކާމިޔާބުކޮށް މި މުބާރާތުގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮޑި އެކަޑަމީއިންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޫދް އަހްމަދު ފަތުހީއެވެ. 17 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ ރިދަން ސް މިޕޯޓްސް އެކަޑަމީގެ އަބުދުﷲ ނަޒާންއެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރަކަށް ހޮވިފައިވަނީ ބީޖީ ސްޕޯޓްސްގެ އިބްރާހިމް އަޔާން ތަންޒީމް، އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އޮޑި ސްޕޯޓްސްގެ އަބްދުލް ޚާލިގް އާނިޝް އެވެ. އެންމެ މޮޅު ގޯލް ކީޕާރ އަކަށް ހޮވިފައިވަނީ، އޮޑި ސްޕޯޓްސް އެކަޑަމީގެ ހަސަން މާހިލް ނާސިރް، އެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ 4 ގޯލް ޖަހައިގެން މާޒިޔާ އެކަޑަމީގެ ލޫތް ބިން ސައުދު އެވެ. ޕްލޭޔާރ އޮފް ދަ ޓޯނަމަންޓް އަށް ހޮވިފައިވަނީ އޮޑި އެކަޑަމީގެ އަހްމަދް އަފްނާން އަލީ އެވެ.

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 2025 ގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، އެޑްވެންޗާރ ފުޓްބޯލް އެކަޑަމީއިންނެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، އޮޑި އެވެންޗާރސް އިންނެވެ. މި މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، އޮޑި އެކަޑަމީ އިންނެވެ.

މި މުބާރާތް މި އަންނަ އަހަރުވެސް މިއަހަރުގެ މުބާރާތަށްވުރެ ފޯރިގަދަކޮށް އަދި އިންތިޒާމްތައް ރަނގަޅަށް ބާއްވާނެކަމަށް މުބާރާތް އިންތިޒާމްކުރާ ރިދަން އެކަޑަމީން ވަނީ ބުނެފައެވެ

Advertisement
Advertisement

ކޮމެންޓް (0)