އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލައިފި.

  • 13 ޖުލައި 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

އއ.މާޅޮހުގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކު ރޭ ހަމަލާ ދިނުމުގެ ސަބަބުން މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، މާޅޮހު ގެއެއްގައި ނިދާފައި އޮތްމީހަކަށް ބޮޑެތި ޒަހަމްތަކެއް ދީފައިވަނިކޮށް ފެނިފައިވާކަމަށެވެ. އަދި ރޭ މެންދަމު 1:50 ހާއިރު އޭނާ ސިއްޙީމަރުކަޒަށް ގެންދެވި ފަރުވާދެމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ބޮޑެތި ޒަހަމްތަކަކާއި އެކު މާޅޮސް، އޯކިޑްގެއިން ފެނިފައިވަނީ، އުމުރުން 65 އަހަރުގެ އަބުދުއްރަޙްމާން އާދަމްއެވެ. އޭނާއަށް ސިއްޙީމަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައި މަރުވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މަރުގެ މައްސަލައިގައި އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ އަބުދުއްރަޙްމާން އާދަމްއަށް ހަމަލާދީފައިވަނީ ބޮޑަށް ބެލެވޭގޮތުގައި ލަކުނޑި ބުރިއެއް ނުވަތަ ދަގަނޑު ބުރިއަކުން އޭނާގެ ބޮލަށް ކަމަށެވެ. ފުލުހުންގެ ޓީމެއް މާޅޮހަށް ދަތުރުފަށާފަވާއިރު މިމައްސަލަ ތަހުގީގުކުރެވެމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Advertisement
Advertisement

ކޮމެންޓް (0)