ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

  • 12 ޖުލައި 2026
ދިވެހި ފުލުހުން
ފޮންޓު ސައިޒު: ށ ށ ށ

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިއަދު ހަވީރު 15:57 އެހާކަންހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ، ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން މީހާއެވެ. އޭނާ ވަނީ ލޮރީ ދަށުވެފައެވެ. އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement
Advertisement

ކޮމެންޓް (0)