ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 4 އަތޮޅެއްގެ 31 ރަށަކަށް ޒިޔާރަތް ކުރައްވަނީ.

  • 21 ސެޕްޓެމްބަރ 2025
ރައީސް އޮފީސް
ފޮންޓު ސައިޒު: ށ ށ ށ
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅެއްގައި މިމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި މީމު، ވާވު، ތާ އަދި ފާފު އަތޮޅުގެ މީހުން ދިރިއުޅޭ 31 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީތަކާއި ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއިމެދު މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުން އެދޭ ކަންކަމާމެދު މަޝްވަރާކުރައްވާނެއެވެ. އެމަނިކުފާނު މިހާރު މި ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ޚާއްޞަ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. އަދި މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށު އަދި އަތޮޅު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވުމެވެ.
Advertisement
Advertisement

ކޮމެންޓް (0)