ސެޕްޓެމްބާރ 1 ގައި ފެށި ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ ބައިވެރިން ރަން މެޑަލްތައް ހާސިލްކޮށްފި.

  • 01 އޮކްޓޯބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

1 ސެޕްޓެމްބަރ 2025 އިން ފެށިގެން 30 ސެޕްޓެމްބަރ 2025ގެ ނިޔަލަށް ކުރިއަށް ގެންދެވުނު ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ ނިންމުމުގެ ރަސްމިއްޔާތް ރޭގައި ވަނީ ބާއްވާ ނިމިފައެވެ.

167 ބައިވެރިންނާއި އެކު ފެށި މުބާރާތުގައި އެކި ކެޓަގަރީ ތަކުން ބައިވެރިން ވަނީ ރަން ވަނަތައް ހާސިލްކޮށްފައެވެ. މި މުބާރާތުގައި ކުރިއަށް ގެނދެވޭ ކެޓަގަރީ ތަކަކީ، ޕްރޮފެޝަނަލް، ޔޫތް، ޖޫނިޔާ އަދި އޯޕެންސް އެވެ.

ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ ނޭޝަނަލް ރިކޯޑްސް ހަދާފައިވާ ބައިވެރިންނަކީ، އެއާރ ޕިސްތޯލް ވުމަން ޔޫތް - މަރްޔަމް މަލަކް މުހައްމަދް 501 ޕޮއިންޓްސް، އެއާރ ރައިފަލް ވުމަން ޖޫނިޔާރ – މަރްޔަމް އަހްމަދު 519 ޕޮއިންޓްސް، އެއާރ ރައިފަލް މިކްސްޑް ޓީމް ޔޫތް – މުހައްމަދު ޝައިލް ހަސަން، އާއިޝަތް އިޝްޔާ ވިސާމް 506.2 ޕޮއިންޓްސް، އެއާރ ޕިސްތޯލް މިކްސްޑް ޓީމް ޔޫތް – އަލީ ޒަކްނޫން އަހްމަދް، މަރްޔަމް މަލަކް މުހައްމަދް 493 ޕޮއިންޓްސް، އެއާރ ރައިފަލް މިކްސްޑް ޓީމް ޖޫނިޔާ – ހަސަން ނާޖިހް ނަޖްމީ، މަރްޔަމް އަހްމަދް 513.4 ޕޮއިންޓްސް، އެއާރ ރައިފަލް ވުމަން – އާއިޝަތް އީޝާ ޝަހީދް 609.6 ޕޮއިންޓްސް، އެއާރ ރައިފަލް މެން ޖޫނިޔާރ – ހަސަން ނާޖިހް ނަޖްމީ 503.2 ޕޮއިންޓްސް، އެއާރ ރައިފަލް ވުމަން ޔޫތް – އާއިޝަތް އިޝްޔާ ވިސާމް 514.8 ޕޮއިންޓްސް އަދި އެއާރ ރައިފަލް މެން ޔޫތް – މުހައްމަދް ޝައިލް ހަސަން 512 ޕޮއިންޓްސް އެވެ.

ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ ބެސްޓް ޝޫޓާރސް ކަން ހާސިލްކޮށްފައިވަނީ، އެއާރ ޕިސްތޯލް މެން - ޒިޔާން ޒިޔާއު ، އެއާރ ޕިސްތޯލް ވުމަން - މަރިޔަމް އީޝަލް މިސްބާހް ، އެއާރ ރައިފަލް މެން - އުމަރް މުހައްމަދް ނަޝީދް އަދި އެއާރ ރައިފަލް ވުމަން - އާއިޝަތް އީޝާ ޝަހީދްއެވެ.

މި މުބާރާތުގައި ކުރިއަށް ގެންދެވުނު ހަތަރު ކެޓަގަރީ އަކުން ވަކިވަކި ބައިވެރިންނަށާއި ޓީމް ތަކުން ވަނީ ގޯލްޑް މެޑަލް، ސިލްވާރ މެޑަލް އަދި ބްރޯންޒް މެޑަލް ހޯދި ބައިވެރިން ހޮވާފައެވެ

ޕްރޮފެޝަނަލް ކެޓަގަރީގެ ތެރެއިން ވަނަތަކަށް ހޮވިފައިވާ ބައިވެރިންނަކީ، އެއާރ ރައިފަލް ވުމަން ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – އާއިޝަތް އީޝާ ޝަހީދް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް އީން އަސްލަމް، ބްރޯންޒް މެޑަލް ވިނާރ – އައިމިނަތް ޒާރާ އަހްމަދްއެވެ. އެއާރ ރައިފަލް މެން ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – އުމަރް މުހައްމަދް ނަޝީދް، ސިލްވާރ މެޑަލް ވިނާރ – އަހްމަދް މާއިދް މުހައްމަދް، ބްރޯންޒް މެޑަލް ވިނާރ – މުހައްމަދް ޒަޔާން ޒާހިރްއެވެ. އެއާރ ރައިފަލް މެން ޓީމް ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – އަހްމަދް މާއިދް މުހައްމަދް، އިބްރާހިމް ޝިފާން، ސިލްވާރ މެޑަލް ވިނާރ - މުހައްމަދް ޒަޔާން ޒާހިރް، އުމަރް މުހައްމަދް ނަޝީދް، ބްރޯންޒް މްޑަލް ވިނާރ – އަބްދުﷲ މުހައްމަދް، އަލީ އަނޫފް މުހައްމަދްއެވެ. އެއާރ ރައިފަލް ވުމަން ޓީމް ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – އާއިޝަތް ރައުޝާ ރިޔާޒް، އާއިމިނަތް ޒާރާ އަހްމަދް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް އީޝާ ޝަހީދް، އާއިޝަތް ޔޫހާ އިމްތިޔާޒް، ބްރޯންޒް މްޑަލް ވިނާރ – އާއިޝަތް ޒާރާ ލިރުގަމް، އާއިޝަތް އީން އަސްލަމްއެވެ.

އެއާރ ރައިފަލް މިކްސްޑް ޓީމް ޕްރޮފެޝަނަލް-- ގޯލްޑް މެޑަލް ވިނާރ - އަހްމަދް މާއިދް މުހައްމަދް، އާއިޝަތް އީޝާ ޝަހީދް، ސިލްވާރ މެޑަލް ވިނާރ - އުމަރް މުހައްމަދް ނަޝީދް، އާއިޝަތް އީން އަސްލަމް، ބްރޯންޒް މްޑަލް ވިނާރ - މުހައްމަދް ޒަޔާން ޒާހިރް، އާއިމިނަތް ޒާރާ އަހްމަދްއެވެ. އެއާރ ޕިސްތޯލް ވުމަން ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް އީޝަލް މިސްބާހް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް ސަރާ ބިންތި އަހްމަދް ޒިލާލް، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް ޝަކީބްއެވެ. އެއާރ ޕިސްތޯލް މެން ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – ޒިޔާން ޒިޔާއު، ސިލްވާރ މެޑަލް ވިނާރ – ތޯހާ މާދް މުހައްމަދް، ބްރޯންޒް މެޑަލް ވިނާރ – މޫސާ ނުއައިމް ހުސައިންއެވެ. އެއާރ ޕިސްތޯލް ވުމަން ޓީމް ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް ޝަކީބް، މަރްޔަމް އީޝަލް މިސްބާހް، ސިލްވާރ މެޑަލް ވިނާރ – ފާތިމަތް ނައުރާ އިސްމާއިލް ޝަފީޤް، ރަމްޒިއްޔާ އަބްދުﷲ ، ބްރޯންޒް މެޑަލް ވިނާރ – ފާތިމަތް ފައިހާ ފަޒީލް، އާއިޝަތް ސަރާ ބިންތި އަހްމަދް ޒިލާލްއެވެ. އެއާރ ޕިސްތޯލް މެން ޓީމް ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – ޒިޔާން ޒިޔާއު، ހާދް އަލީ ނަސީފް، ސިލްވާރ މެޑަލް ވިނާރ – މޫސާ ނުއައިމް ހުސައިން، އަހްމަދް އާހިލް އަދީލް، ބްރޯންޒް މެޑަލް ވިނާރ – ތޯހާ މާދް މުހައްމަދް، އަހްމަދް އިބްރާހިމްއެވެ. އެއާރ ޕިސްތޯލް މިކްސްޑް ޓީމް ޕްރޮފެޝަނަލް -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް ޝަކީބް، ޒިޔާން ޒިޔާއު، ސިލްވާރ މެޑަލް ވިނާރ – ހާދް އަލީ ނަސީފް، މަރްޔަމް އީޝަލް މިސްބާހް، ބްރޯންޒް މެޑަލް ވިނާރ – މޫސާ ނުއައިމް ހުސައިން، ފާތިމަތް ފައިހާ ފަޒީލްއެވެ.

އޯޕަން ކެޓަގަރީގެ ތެރެއިން ވަނަތަކަށް ހޮވިފައިވާ ބައިވެރިންނަކީ، އެއާރ ރައިފަލް ވުމަން އޯޕަން -- ގޯލްޑް މެޑަލް ވިނާރ – ހަސްމާ ނަސީމް، ސިލްވާރ މެޑަލް ވިނާރ – އައިމިނަތް ފައިހާ ވަހީދް، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް ޖުމާއެވެ. އެއާރ ރައިފަލް މެން އޯޕަން -- ގޯލްޑް މެޑަލް ވިނާރ – އަހްމަދް ޖައިލަމް، ސިލްވާރ މެޑަލް ވިނާރ – އަހްމަދް ޒުޖާޖް، ބްރޯންޒް މެޑަލް ވިނާރ – މުހައްމަދް މުނައްވަރްއެވެ. އެއާރ ރައިފަލް މެން ޓީމް އޯޕަން -- ގޯލްޑް މެޑަލް ވިނާރ – ޝުޖާއު ހަސަން، އަހްމަދް ޒުޖާޖް، ސިލްވާރ މެޑަލް ވިނާރ – އަހްމަދް ޖައިލަމް، އަހްމަދް ޝާން ހުސައިން، ބްރޯންޒް މެޑަލް ވިނާރ – ހަމްދާން ހަސަން، މުހައްމަދް މުނައްވަރްއެވެ. އެއާރ ރައިފަލް ވުމަން ޓީމް އޯޕަން -- ގޯލްޑް މެޑަލް ވިނާރ – ހައްވާ ޔޫނާ، އާއިޝަތް ޝަމްޢާ، ސިލްވާރ މެޑަލް ވިނާރ – އައިމިނަތް ފައިހާ ވަހީދް، ފާތިމަތް މަންހާ މުސަޠަފާ، ބްރޯންޒް މެޑަލް ވިނާރ – ހަސްމާ ނަސީމް، އައިމިނަތް މުނީރްއެވެ. އެއާރ ރައިފަލް މިކްސްޑް ޓީމް އޯޕަން -- ގޯލްޑް މެޑަލް ވިނާރ – ހަސްމާ ނަސީމް، އަހްމަދް ޝާން ހުސައިން، ސިލްވާރ މެޑަލް ވިނާރ – ހައްވާ ޔޫނާ، އަހްމަދް ޖައިލަމް، ބްރޯންޒް މެޑަލް ވިނާރ – އައިމިނަތް ފައިހާ ވަހީދް، މުހައްމަދް އިޔާސް އިލްޔާސްއެވެ.

އެއާރ ޕިސްތޯލް ވުމަން އޯޕަން -- ގޯލްޑް މެޑަލް ވިނާރ – އާއިޝަތް ނާސިފާ އުމަރް، ސިލްވާރ މެޑަލް ވިނާރ – އައިމިނަތް ޝާލިޔާ، ބްރޯންޒް މެޑަލް ވިނާރ – އާއިޝަތް ޝެނާލީ މުހައްމަދްއެވެ. އެއާރ ޕިސްތޯލް މެން އޯޕަން -- ގޯލްޑް މެޑަލް ވިނާރ – މުހްއްމަދް ސުބާތް ހާމިދް ޝަފީޤް، ސިލްވާރ މެޑަލް ވިނާރ – އަހްމަދް ސިރާޖް، ބްރޯންޒް މެޑަލް ވިނާރ – އަހްމަދް ޝަމްއޫން ޒާހިރްއެވެ. އެއާރ ޕިސްތޯލް މެން ޓީމް އޯޕަން -- ގޯލްޑް މެޑަލް ވިނާރ – އަހްމަދް ސިރާޖް، މުހައްމަދް ސުބާތް ހާމިދް ޝަފީޤް، ސިލްވާރ މެޑަލް ވިނާރ – އަހްމަދް ޝަމްއޫން ޒާހިރް، މުހައްމަދް ޝިނާޒް، ބްރޯންޒް މެޑަލް ވިނާރ – ހަސަން ޝާހިދް، އަހްމަދް ރިމާޒްއެވެ. އެއާރ ޕިސްތޯލް މިކްސްޑް ޓީމް އޯޕަން --ގޯލްޑް މެޑަލް ވިނާރ – އަހްމަދް ޝަމްއޫން ޒާހިރް، އާއިޝަތް ނާސިފާ އުމަރް، ސިލްވާރ މެޑަލް ވިނާރ – ހަސަން ޝާހިދް، އައިމިނަތް ޝާލިޔާ، ބްރޯންޒް މެޑަލް ވިނާރ – މުހައްމަދް ކަރަމް ސުހައިލް، އާއިޝަތް ޝެނާލީ މުހައްމަދްއެވެ.

ޖޫނިޔާރ ކެޓަގަރީގެ ތެރެއިން ވަނަތަކަށް ހޮވިފައިވާ ބައިވެރިންނަކީ، އެއާރ ރައިފަލް ވުމަން ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – އާއިޝަތް މަލާކް ބިންތި މަހްމޫދް، ސިލްވާރ މެޑަލް ވިނާރ – އާއިޝާ ރައިނާ މުހައްމަދް، ބްރޯންޒް މެޑަލް ވިނާރ – އަޒްބާ އައިމަން ހަސަންއެވެ. އެއާރ ރައިފަލް މެން ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – ހާއިސް ރަޝާދް، ސިލްވާރ މެޑަލް ވިނާރ – މުހައްމަދް އިއަން ރަޝްވާން، ބްރޯންޒް މެޑަލް ވިނާރ – ހަސަން ނާޖިހް ނަޖްމީއެވެ. އެއާރ ރައިފަލް މެން ޓީމް ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – ޒަލޫފް ޖުނާހް، މުހައްމަދް އިއަން ރަޝްވާން، ސިލްވާރ މެޑަލް ވިނާރ – ހާއިސް ރަޝާދް، މުހައްމަދް ހިސާން އިބަރާހިމް، ބްރޯންޒް މެޑަލް ވިނާރ – ނައިސަމް އަބްދުލް ސައްތާރް، އިބްރާހިމް އާކިފް އަބްދުﷲއެވެ. އެއާރ ރައިފަލް ވުމަން ޓީމް ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – އައިނާ ޝައުއާ އަޚްތަރް އިބްރާހިމް، މަރްޔަމް އަފާފް ނާސިރް މުހައްމަދް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް މަލާކް ބިންތި މަހްމޫދް، އަޒްބާ އައިމަން ހަސަން، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް އަހްމަދް، މަރްޔަމް އަޒްކާ މުހައްމަދްއެވެ.

އެއާރ ރައިފަލް މިކްސްޑް ޓީމް ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް އަހްމަދް، ހަސަން ނާޖިހް ނަޖްމީ، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް މަލާކް ބިންތި މަހްމޫދް، އިޒްޔާން އިބްރާހިމް ލަޠީފް، ބްރޯންޒް މެޑަލް ވިނާރ – އައިނާ ޝައުއާ އަޚްތަރް އިބްރާހިމް، ޒަލޫފް ޖުނާހްއެވެ. އެއާރ ޕިސްތޯލް ވުމަން ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – ފާތިމަތް ޝައިމާ މޫސާ، ސިލްވާރ މެޑަލް ވިނާރ – މަރްޔަމް މަލާކް މުހައްމަދް މުސްލިހް، ބްރޯންޒް މެޑަލް ވިނާރ – ނީމް ބިންތި ހުސައިން ވަހީދްއެވެ. އެއާރ ޕިސްތޯލް މެން ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – މުހައްމަދް އައްޝަމް ބިން ޝާހިދް، ސިލްވާރ މެޑަލް ވިނާރ – ލުއައްޔު އަލީ ޝަރީފް، ބްރޯންޒް މެޑަލް ވިނާރ – އިބްރާހިމް އަބާން މުހައްމަދްއެވެ. އެއާރ ޕިސްތޯލް މިކްސްޑް ޓީމް ޖޫނިޔާރ -- ގޯލްޑް މެޑަލް ވިނާރ – ފާތިމަތް ޝައިމާ މޫސާ، މުހައްމަދް އައްޝަމް ބިން ޝާހިދް، ސިލްވާރ މެޑަލް ވިނާރ – މަރްޔަމް މަލާކް މުހައްމަދް މުސްލިހް، އަހްމަދް އަޒާން، ބްރޯންޒް މެޑަލް ވިނާރ – ސަރާ އަބްދުލް ނާސިރް، ލުއައްޔު އަލީ ޝަރީފްއެވެ.

ޔޫތް ކެޓަގަރީގެ ތެރެއިން ވަނަތަކަށް ހޮވިފައިވާ ބައިވެރިންނަކީ، އެއާރ ރައިފަލް ވުމަން ޔޫތް -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް މަންހަލް ފަޒީލް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް އިޝްޔާ ވިސާމް، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް ސުމައްޔާ ރިޒްލީންއެވެ. އެއާރ ރައިފަލް މެން ޔޫތް -- ގޯލްޑް މެޑަލް ވިނާރ – މުހައްމަދް ޝައިލް ހަސަން، ސިލްވާރ މެޑަލް ވިނާރ – މުހައްމަދް މިޝަލް އަބޫބަކުރް ރުސްތަމް، ބްރޯންޒް މެޑަލް ވިނާރ – މުހައްމަދް ނާޖިލް އިސްމާއިލް ޝަފީޤްއެވެ. އެއާރ ރައިފަލް މެން ޓީމް ޔޫތް -- ގޯލްޑް މެޑަލް ވިނާރ – މުހައްމަދް ޝައިލް ހަސަން، މުހައްމަދް މިޝަލް އަބޫބަކުރް ރުސްތަމް، ސިލްވާރ މެޑަލް ވިނާރ – ހަސަން ނާއިލް މޫސާ، މުހައްމަދް ނާޖިލް އިސްމާއިލް ޝަފީޤް، ބްރޯންޒް މެޑަލް ވިނާރ – ރަޔާން މުހައްމަދް ރާމިޒް، ލިޝާން ސޮބާހް މުހައްމަދްއެވެ. އެއާރ ރައިފަލް ވުމަން ޓީމް ޔޫތް -- ގޯލްޑް މެޑަލް ވިނާރ – އާއިޝަތް އިޝްޔާ ވިސާމް، މަރްޔަމް ސުމައްޔާ ރިޒްލީން، ސިލްވާރ މެޑަލް ވިނާރ – ހައްވާ ޒީކް ޝިޔާޒް ރާޝިދް، މަރްޔަމް މަންހަލް ފަޒީލް، ބްރޯންޒް މެޑަލް ވިނާރ – ޓިޝާ ފަރްހާން ޒާހިރް، ފާތިމަތް ޒޯޔާ ހަސަން ސައީދްއެވެ.

އެއާރ ރައިފަލް މިކްސްޑް ޓީމް ޔޫތް -- ގޯލްޑް މެޑަލް ވިނާރ – މުހައްމަދް ޝައިލް ހަސަން، އާއިޝަތް އިޝްޔާ ވިސާމް، ސިލްވާރ މެޑަލް ވިނާރ – މަރްޔަމް ސުމައްޔާ ރިޒްލީން، މުހައްމަދް ނާޖިލް އިސްމާއިލް ޝަފީޤް، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް މަންހަލް ފަޒީލް، ހަސަން ނާމީ ހުސައިން ޝާހިދްއެވެ. އެއާރ ޕިސްތޯލް ވުމަން ޔޫތް -- ގޯލްޑް މެޑަލް ވިނާރ – މަރްޔަމް މަލާކް މުހައްމަދް، ސިލްވާރ މެޑަލް ވިނާރ – މަރްޔަމް ޒޯހާ އަސްބާހް، ބްރޯންޒް މެޑަލް ވިނާރ – އިސްރާ އިބްރާހިމް ރަޝީދްއެވެ. އެއާރ ޕިސްތޯލް މެން ޔޫތް -- ގޯލްޑް މެޑަލް ވިނާރ – ޔޫސުފް ޒުހާން ހުސައިން، ސިލްވާރ މެޑަލް ވިނާރ – އަލީ ޒަކްނޫން އަހްމަދް، ބްރޯންޒް މެޑަލް ވިނާރ – އިސްމާއިލް ފައުޒާން ހަސަންއެވެ. އެއާރ ޕިސްތޯލް މެން ޓީމް ޔޫތް -- ގޯލްޑް މެޑަލް ވިނާރ – އަލީ ޒަކްނޫން އަހްމަދް، އިސްމާއިލް ފައުޒާން ހަސަން، ސިލްވާރ މެޑަލް ވިނާރ – ޔޫސުފް ޒުހާން ހުސައިން، އިމްރާން އަބްދުﷲ ޖަމީލް، ބްރޯންޒް މެޑަލް ވިނާރ – އަކްމަލް އަހްމަދް އަލީ، ލޫކް އިރްފާންއެވެ. އެއާރ ޕިސްތޯލް މިކްސްޑް ޓީމް ޔޫތް -- ގޯލްޑް މެޑަލް ވިނާރ – އަލީ ޒަކްނޫން އަހްމަދް، މަރްޔަމް މަލާކް މުހައްމަދް، ސިލްވާރ މެޑަލް ވިނާރ – އާއިޝަތް އާލާ ހަސަން، ޔޫސުފް ޒުހާން ހުސައިން، ބްރޯންޒް މެޑަލް ވިނާރ – މަރްޔަމް ޒޯހާ އަސްބާހް، ލޫކް އިރްފާންއެވެ.

މިއީ އާންމުންނަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވޭ ދެވަނަ އަހަރެވެ. 2024 ވަނަ އަހަރު ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 2 މުބާރާތެއް ބޭއްވިފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)