ފައިނުގައި ހިންގި ނުރައްކާތެރި އެކްސިޑެންޓް – ކުޑަ 2 ކުދިންނާއި ބޮޑު 2 މީހުނަށް ސީރިޔަސް އަނިޔާތަކެއްވެއްޖެ.
- 27 ޖޫން 2025
ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާންދޭން ފަށައިފި.
އެކްސިޑެންޓްގައި އަނިޔާވި ދެކުދިންނާއި ދެ މީހުނަށް ފައިނުގެ ސިއްޙީ މަރުކަޒުގަ ފަރުވާދިނުމަށް ފަހު ރ. އުންގޫފާރު ރީޖަނަލް ހޮސްޕިޓަލްގައިވެސް ފަރުވާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެކްސިޑެންޓް ހިނގައިފައިވަނީ ރޭގެ 9:30 ކަންހާއިރުއެވެ. 18 ނުވާ ކުއްޖަކާއި ފައިނުގެ ސްކޫލު ދަރިވަރެއް ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލްނުވެ މަގުމަތިން ހިނގާފައި އައި ދެމީހެއްގައިގަ ޖެހުނުކަމަށް މައުލޫމާތު ލިބެއެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުނަކީ ފައިނު ސްކޫލު ޕްރިންސިޕަލާއި އެރަށު ސްކޫލު ޓީޗަރެއްކަމަށްވެސް މައުލޫމާތު ލިބުނެވެ. އެކްސިޑެންޓްގައި އަނިޔާވި 2 ކުދިންނާއި، އަނިޔާވި ސްކޫލް ޓީޗަރު ހާލުސީރިއަސް ވުމުން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެވި ފަރުވާދޭން ފަށާފައެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި ޕްރިންސިޕަލް މިޙާރު ހާލު ސްޓޭބަލް ކަމަށާ އޭނާއަށް ފަރުވާދެމުންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ.