ސޯސަން ފުޓްސަލް ކަޕް އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި.

  • 03 އޭޕްރިލް 2025
ފޮޓޯ: ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރިލެކުސް ކަމަނަ ސޯސަން ފުޓްސަލް ކަޕް ގައި ރޭވެސް ވަނީ ވާދަވެރި މެޗުތަކެއް ކުޅެފައެވެ.

އެންމެ ފަހުގެ ޗެމް އަޕިއަން ހެލޯ ބޭބީ ރޭ ކުޅުނު މެޗް ކާމިޔާބުކޮށްގެން ސެމީފައިނަލުން ޖާގަ ހޯދިއިރު ރޭގެ މެޗްތަކަށްފަހު ސެމީފައިނަލުން ދެން ޖާގަ ހޯދާފައިވަނީ އަމިގޯސް އެފްސީ އާއި ޔަންގްސްޓާރ އެވެ.

ގުރޫޕް ބީގައި 7 ޕޮއިންޓާއެކު އެއްވަނައިގައި ހެލޯ ބޭބީ އޮތްއިރު މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލުގެ ތަފާތުން ދެވަނާގައި އޮތީ އަމިގޯސް އެފްސީއެވެ. ގްރޫޕް ސްޓޭޖުގައި މި ދެޓީމަށްވެސް ބާކީ އެއްމެޗް އޮތްއިރު ގުރޫއްޕުގެ އެއްވަނަ ޓީމް ކަށަވަރުވާނީ މިރޭގެ މެޗުތަކަށްފަހުގައެވެ. މިރޭ ކުޅޭ ގްރޫޕްސްޓޭޖުގެ ފަހުމެޗަށް ޑިފެންޑިން ޗެންޕިއަން ހެލޯ ބޭބީ، އަމިގޯސް އެސްސީ އާއި ދެކޮޅަށް ނިކުންނައިރު އަމިގޯސް އެފްސީ ނިކުންނާނީ ރިޕްޓައިޑު އާއި ދެކޮޅަށެވެ.

މި ގްރޫޕުން އަމިގޮސް އެސް.ސީއާއި ރިޕްޓައިޑުސް ކޮންމެ ޓީމެއް 3 މެޗް ކުޅެފައިވާއިރު މިއިން ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕްގައި ފުލޭޝްއިން ވަނީ ކުޅުނު 4 މެޗުން 6 ޕޮއިންޓް ހޯދާފައެވެ.

ގްރޫޕް އޭ ގައި 9 ޕޮއިންޓާއި އެކު ޔަންގްސްޓާ ހަމަޖެހިލާފައިވާއިރު އެޓީމަށް ބާކީ އެއްމެޗު އެބައޮތެވެ. ގުރޫޕުގެ 2 ވަނައިގެ ގޮތުގައި މިހާރުއޮތް ކާންޓް ޕްލޭއާއި 3 ވަނައިގައި އޮތް ރައިސިންގް ލެޖެންޑުސް އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.

ގްރޫޕްސްޓޭޖުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ބައްދަލްކުރާނީ ސްޓްރީޓް ބުރޯސް އާއި ގޯލްޑު ފިޝް އެވެ. ދެވަނަ މެޗުގައި ބައްދަލްކުރާނީ ގްރޫޕްގެ 1 ވަނައިގައި އޮތް ޔަންގްސްޓާރ އާއި 2 ވަނާގައި އޮތް ވާދަވެރި ކާންޓްޕްލޭ އެވެ. ގްރޫޕްގެ 2 ވަނައަށް އައުމަށް ކާންޓު ޕްލޭއަށް އަމިއްލަ ބާރު އޮތްނަމަވެސް ގްރޫޕް ސްޓޭޖުގެ 4 މެޗް ހަމަވެ ރައިސިންލެޖެންޑަށް އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. މި ގްރޫޕްގައި ދެންވާދަކުރާ ގޯލްޑުފިޝް އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާ 3 ޓީމަށް ބަލާއިރު ރާއްޖޭގެ ފްޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް މި ޓީމް ތަކުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 50،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރު މުބާރާތުގައި ޖުމްލަ 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކަށް "ރިލެކްސް ކަމަނަ" ފެރީ ސާރވިސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ކޯ ސްޕޮންސަރއަކީ ތޮއްޑޫ ކައުންސިލް އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވަރަ ނޫސް އެވެ.

Advertisement
Advertisement

ކޮމެންޓް (0)