އެމްއެމްއޭގެ ދެ ގަވާއިދަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
- 20 އޮގަސްޓް 2026
މި ފުރުޞަތު ހުޅުވާލާފައިވަނީ: ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން: މިއީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް ހަދާ ގަވާއިދެކެވެ. ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއުޑެލިޖަންސް ރެގިއުލޭޝަން: މިއީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ކަސްޓަމަރުންގެ ވަނަވަރު ބަލައި ކަށަވަރުކުރުމުގެ މިންގަނޑުތައް ކަނޑައަޅާ ގަވާއިދެކެވެ.
މި ގަވާއިދުތަކަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ ހަވީރު 15:00 އެވެ. ހިޔާލުތައް ފޮނުވަންޖެހެނީ އީމެއިލް އެޑްރެހަށެވެ.
އާންމުންގެ އިތުރުން މާލީ އިދާރާތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ލަފާވެސް މިކަމުގައި ހޯދުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.


އެމްއެމްއޭ




