އަރިއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޯސަން ފުޓްސަލް ކަޕް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.

  • 15 ފެބްރުއަރީ 2025
ފޮންޓު ސައިޒު: ށ ށ ށ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ތޮއްޑޫ ސޯސަން ފުޓްސަލް ކަޕް 2025ގެ މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ފަނަރަ ހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމާ މުބާރާތުގެ ޤަވާޢިދު ފޭސްބުކް ޕޭޖް "Sosun Futsal Cup" މި ޕޭޖްގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ އަންނަ މާރޗް މަހުގެ އެއްވަނަ ދުވަހު 22:00 ގެ ނިޔަލަށެވެ. ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދުގައި ބާއްވަމުން އަންނަ މި މުބާރާތަކީ ތޮއްޑޫގެ ޒުވާން ކުޅުންތެރިންނަށް ފުޓްސަލްގެ ތަޖުރިބާހުރި މޮޅެތި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ފިތުރު ޢީދުގެ މުނާސަބަތުގައި ރައްޔިތުންގެ އެކުވެރިކަން އާލާކުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއް ކަމަށް ސޯސަން ކްލަބުން މަޢުލޫމާތު ދެއެވެ. މި މުބާރާތުގެ މީޑިއަރ ޕާރޓްނަރަކީ ވަރަނޫސް.

Advertisement
Advertisement

ކޮމެންޓް (0)