ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގެ 19 ސަރަހައްދެއްގައި މިރޭ ހަވާ އަރުވަނީ.

  • 26 ޖުލައި 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. މިއަދު ހެނދުނު ހައެއް ޖެހިއިރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއަޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އަދި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދް އަދި ޑރ. މުޙައްމަދު ވަހީދްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު 16:15 ގައި މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް އަދި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓުމާޗް ގެ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ.

އަދި މި މުނާސަބަތާއި، ރާއްޖޭގެ ގައުމީ އިންޓާނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން މިރޭ 20:30 ގައި 19 ސަރަހައްދަކުން ހަވާއެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ލިބެއެވެ. މި ސަރަހައްދުތަކަކީ، ކަނޑުގެ 16 ސަރަހައްދަކާއި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ކައިރި 3 ސަރަހައްދެކެވެ. މިރޭގެ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 6 މިނަޓަށެވެ. މިއީ ރާއްޖޭގައި އެރުވޭ އެންމެ ބޮޑު ހަވާއެރުވުމުގެ ރަސްމިއްޔާތެވެ.

އަދި މިރޭގެ ހަވާ އެރުވުމާއި އެކު ޑްރޯން ސޯވ އެއް ކުރިއަށް ދާނެކަމަށްވެސް މައުލޫމާތުލިބެއެވެ.

Advertisement
Advertisement

ކޮމެންޓް (0)