އިނގިރޭސި ވިލާތުގެ ލިވަރޕޫލަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ.
- 03 ޖުލައި 2025
އިނގިރޭސި ވިލާތުގެ ލިވަރޕޫލަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ.
ޕޯޗްގަލްގެ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން 28 އަހަރުގެ ޖޮޓާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ސްޕެއިންގައި އެމީހުން ދުއްވަމުންދިޔަ ކާރު އެކްސިޑެންޓްވެ އެ ކާރުގައި ރޯވުމާއި ގުޅިގެންނެވެ. މި އެކްސިޑެޓް ހިނގިއިރު ޖޮޓާގެ އިތުރުން އޭނާގެ ކޮއްކޮ 26 އަހަރުގެ އަންދްރޭވެސް އިނެވެ. މި އެކްސިޑެންޓް ހިނގައިފައިވާކަން އެމެޖެންސީ ސާރވިސްއިންވަނީ ޔަޤީންކޮށްދީފައެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން 2 މީހަކު މަރުވެފައިވާކަން އެފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ. ޖޮޓާގެ އާއިލާއިން އަދި ލިވަރޕޫލުންވެސް މި ޙަބަރާ ގުޅިގެން އެއްވެސް ބަޔާނެއް އަދި މިހާތަނަށް ނެރެފައެއް ނުވެއެވެ.
ޖޮޓާ ވަނީ މިދިޔަ ސީޒަންގައި ލިވަރޕޫލުން ޕްރިމިއަރ ލީގު ތަށި ހޯދިއިރު އެޓީމުގެ ފޯވާރޑް ލައިންގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އަދި އޭނާއަކީ ޕޯޗްގަލް ޤައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.