ބ. އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ މިއަދު ނިޔާވެއްޖެ.
- 30 ޖަނަވަރީ 2026
ބ. އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި މުސްކުޅި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ މަޣްރިބް ނަމާދަށް ފަހު ގެއަށްދިއުމަށް ހިނގާފައި ދަނިކޮށް މަގުމަތިން އައި ޕިކަޕެއްގައި ޖެހިގެން ކަމަށް މަންޒަރުދުއް މީހުން މަޢުލޫމާތުދިނެވެ
އަދި މަންޒަރު ދުއް މީހުން ބުނެފައިވަނީ، އެކްސިޑެންޓް ހިނގައިފައިވަނީ ޕިކަޕު ދުއްވަން އިން މީހާ ބަލަންވާވަރަށް ނުބަލާ ދުއްވުމުންކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެރަށު ސީސަންގޭ، 82 އަހަރުގެ އަބޫބަކުރު އަބްދުﷲ އެވެ.
ނިޔާވެފައިވަނީ އައި.ޖީ.އެމް.އެޗް ގައި އައި.ސީ.ޔޫ ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި ޕިކަޕު ދުއްވަން އިން މީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ
.

ވަރަ ނޫސް






