މިހާރު ކުރަމުންދާ ވިއްސާރައިގެ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ.

  • 05 އޮގަސްޓް 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

މިއަދު ހެނދުނު 7:30 ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ހަމައަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވެސް ވަނީ އަންގާފައެވެ.

އއ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް މިއަދު ހެނދުނު ވަނީ ހުދު އެލާޓްވެސް ނެރެފައެވެ. މި ސަރަހައްދުގައި 25 މޭލާއި 30 މޭލާއި ދެމެދު ވައިގަދަވާނެކަމަށް ވަނީ މެޓް އޮފީހުން އަންގާފައެވެ.

ކަނޑުގަދަ ދުވަސްތަކުގައި ދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދީގެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުން ބުއްދިވެރިއެވެ.

Advertisement
Advertisement

ކޮމެންޓް (0)