އީރާނުން، އިޒުރޭލަށް ބަދަލުހިފާނެ ކަމުގެ އިންޒާރެއް.
- 29 ޖޫން 2025
ޖޫން 12 ގައި ދެފަރާތުގެ އެއްބަސްވުމާއެކު ހަނގުރާމަ މެދުކެނޑާލި ނަމަވެސް، ހަމަލާއެއް އިތުރަށް ދީފާނެކަމަށް ބެލެވެނީ، ޖޫން 13 ގައި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާއަކުން، އަސްކަރީ އަދި ނިއުކުލިއާރ އޮފިޝަލުން ތަކެއް މަރުވުމުންނެވެ.
އީރާނާއި އިޒުރޭލުން ބުނަނީވެސް، ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް އެއްބަސްވުމަށް ބޯނުލަނބާނެކަމަށް ޝައްކު ކުރެވޭކަމަށެވެ.
އެމެރިކާއިން އީރާނުގެ އަސްކަރީ އަދި ނިއުކްލިއާރ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެތަންތަނުގެ އިތުރުން ޓެހެރާނާއި އެހެނިހެން ސިޓީތަކަށްވެސް ވަނީ އަސަރުކޮށްފާކަމަށް އީރާނުން ބުންޔެވެ.
އީރާނާއި އިޒުރޭލުން ދިންހަމަލާތަކުގައި، އީރާނުގެ 627 މީހުން މަރުވެފައިވާކަމަށް އީރާނުން ބުންޔެވެ. އަދި އިޒުރޭލުގެ 26 މީހުން މަރުވެ، 1300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އިޒުރޭލުން ބުންޔެވެ.