އއ. އަތޮޅު ޤުރްއާން މުބާރާތް 120 ބައިވެރިންނާއި އެކު ފަށައިފި.

  • 13 އޮގަސްޓް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވޭއިރު ސްކޫލް ދަރިވަރުންނާއި، ބޮޑެތި މީހުންނާއި އަދި ޙާފިޡުންނަށް ވެސް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތުގައި 8 ރަށަކުން ބައިވެރިން ބައިވެރިވެފައިވެއެވެ. އެއީ ތޮއްޑޫ ( ސްކޫލް 20 ދަރިވަރުން، އާންމުންގެ 4 ބައިވެރިން)، ރަސްދޫ ( ސްކޫލް 13 ދަރިވަރުން، އާންމުންގެ 4 ބައިވެރިން)، އުކުޅަސް ( ސްކޫލް 12 ދަރިވަރުން، އާންމުންގެ 3 ބައިވެރިން)، ބޮޑުފޮޅުދޫ( ސްކޫލް 4 ދަރިވަރުން، އާންމުންގެ 1 ބައިވެރިން)، މަތިވެރި ( ސްކޫލް 20 ދަރިވަރުން، އާންމުންގެ 6 ބައިވެރިން، ޙާފިޡުންގެ 1 ބައިވެރިއެއް )، ފެރިދޫ ( ސްކޫލް 9 ދަރިވަރުން، އާންމުންގެ 3 ބައިވެރިން)، މާޅޮސް( ސްކޫލް 6 ދަރިވަރުން، އާންމުންގެ 1 ބައިވެރިން)، އަދި ހިމަންދޫ ( ސްކޫލް 11 ދަރިވަރުން، އާންމުންގެ 2 ބައިވެރިން)، އެވެ.

މި މުބާރާތް ފަނޑިޔާރުކަން ކުރުމަށް ރާއްޖޭގެ ފުންނާބު އުސް ޤާރީވެރިން ހަމަޖައްސާފައިވެއެވެ.

އަތޮޅު މުބާރާތުގެ ރަން ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދެއެވެ.

Advertisement
Advertisement

ކޮމެންޓް (0)