ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން އެޑްވެންޗާރ އަދި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑި އެވެންޗާރސް ހޯދައިފި.

  • 22 ސެޕްޓެމްބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ އަންޑާރ 12 އަދި އަންޑާރ 14 ގެ ފައިނަލް މެޗް މިއަދު ނިމިއްޖެއެވެ.

މިއަދު ހަވީރުގެ ފައިނަލް މެޗްގައި ވާދަކޮށްފައިވަނީ، އަންޑާރ 12 އިން އެޑްވެންޗާރ ފުޓްބޯލް އެކަޑަމީ އާއި އޮޑި ޓައިގާރސްއެވެ. ފައިނަލް މެޗްގައި ވާދަކޮށް 0 – 0 ކުން އެއްވަރުވެ ޕެނަލްޓީ ޖެހުމަށްފަހު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ އަންޑާރ 12 ގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފައިވަނީ 2 – 3 އަކުން އެޑްވެންޗާރ ފުޓްބޯލް އެކަޑަމީއިންނެވެ.

މި މުބާރާތުގައި އަންޑާރ 12 ގެ ޓޮޕް ސްކޯރާރ ކަން ލިބިފައިވަނީ އަލީ އާފިގް އަޝްރަފް ޖާރޒީ، ނަންބާރ 8، ނިއު ސްޓާރ އެކަޑަމީއަށެވެ. އަދި ޕްލޭޔާރ އޮފް ދަ ޓޯނަމަންޓް ލިބިފައިވަނީ އިސްމާއިލް އަޒްޔާން ޖަމާލް، ޖާރޒީ ނަންބާރ 17، އޮޑި ޓައިގާރސް އަށެވެ.

އަދި މިއަދު ހަވީރު ކުޅެފައިވާ އަންޑާރ 14 ގެ ފައިނަލް މެޗް ގައި ވާދަކޮށްފައިވަނީ، އޮޑި އެވެންޗާރސް އާއި މާޒިޔާ އޭ އެވެ. މި މެޗްގައި 0 – 1 އަކުން ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ އަންޑާރ 14 ގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފައިވަނީ، އޮޑި އެވެންޗާރސް އިންނެވެ.

މި މުބާރާތުގައި އަންޑާރ 14 ގެ ޓޮޕް ސްކޯރާރ ކަން އަދި ޕްލޭޔާ އޮފް ދަ ޓޯނަމަންޓް ލިބިފައިވަނީ އަޙްމަދް އަކްމަލް އިނާޔަތުﷲ، ޖާރޒީ ނަންބާރ 15، އޮޑި އެވެންޗާރސް އަށެވެ.

ވަރަށް ވާދަވެރި މެޗް ތަކަކަށްފަހު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ އަންޑާރ 12 އަދި އަންޑާރ 14 ގެ ފައިނަލް މެޗްތައް ނިމުނު ނަމަވެސް، އަންޑާރ 10 އަދި އަންޑާރ 17 ގެ ފޯރިގަދަ މެޗްތައް އަދިވެސް އޮތީ ކުރިއަށެވެ.

Advertisement
Advertisement

ކޮމެންޓް (0)