އއ ތޮއްޑޫ ގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
- 03 މެއި 2025
އއ ތޮއްޑޫ ގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3 ޖެހިކަންހާއިރު، ކޮމްރެޑް ވިލާ ނަމަކަށް ކިޔާ ގެއެއްގައެވެ.
އަލިފާން ގަނޑު ރޯވިތާ ކުޑަ އިރުކޮޅެއްތެރޭ ފުލުހުން، ސްޓެލްކޯ މުވައްޒަފުން އަދި އާންމު ރައްޔިތުން ވަނީ އެސަރަހައްދަށް ޖަމާވެ، އަލިފާންގަނޑު ނިވާލުމުގެ މަސައްކަތް ފަށާފައެވެ.
މި އަލިފާންގަނޑު ނިވާލެވިފައިވަނީ ރޯވިތާ 3 ގަޑީރު ތެރޭގައެވެ. ނަމަވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ މި އިމާރާތް އަނދާފައެވެ. އެ ގޭގައި ދިރިއުޅެނީ ބިދޭސީން ކަމަށާއި، އަލިފާން ރޯވުމަށް ދިމާވި ސަބަބު އަދި އެނގިފައިނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ޖެހިގެން ހުރި އިމާރާތަށް މި އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އެ ރަށު ރައްޔިތުން މައުލޫމާތު ދެއެވެ.