ރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފި

  • 15 ޖޫން 2026
އިކޮނޮމިކް މިނިސްޓްރީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސް އޮފީސް
ފޮންޓު ސައިޒު: ށ ށ ށ

ބާސެލޯ ނަސެންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ދިވެހިންނަށް ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތުގެ ކާމިޔާބު ނަތީޖާއެކެވެ. މި ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އޫރީދޫ ފިންޓެކް އާ ގުޅިގެން، އެ ކުންފުނީގެ "އެމް-ފައިސާ" ޑިޖިޓަލް ވޮލެޓް މެދުވެރިކޮށެވެ.

ޕޭޕަލް އަކީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ، އެމެރިކާގެ މަލްޓިނޭޝަނަލް ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުންޏެކެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް ސީދާ ބޭންކް އެކައުންޓް ނުވަތަ ކާޑުގެ މައުލޫމާތު ހިއްސާނުކޮށް، ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމާއި ބަލައިގަތުމަށް ބޭނުންކުރާ "ޑިޖިޓަލް ވޮލެޓް" އެކެވެ.

މީގެ ކުރިން ދިވެހިންނަށް ޕޭޕަލް ބޭނުންކުރެވެނީ ހަމައެކަނި ބޭރަށް ފައިސާ ފޮނުވުމަށެވެ ތަކެތި ގަތުމަށެވެ. ނަމަވެސް މިއަދު ތައާރަފްކުރެވުނު އާ ނިޒާމުގެ ދަށުން:

ބޭރުން ފައިސާ ލިބުން: ރާއްޖޭގައި ތިބެގެން ބޭރުގެ ކްލައިންޓުންނަށް މަސައްކަތްކޮށްދޭ ފްރީލާންސަރުންނަށް (ގްރެފިކް ޑިޒައިނަރުން، ޑިވެލޮޕަރުން، ރައިޓަރުން) އެމީހުންގެ އުޖޫރަ ޕޭޕަލް މެދުވެރިކޮށް ހޯދޭނެއެވެ.

އެމް-ފައިސާ އާ ގުޅާލުން: ޕޭޕަލް އެކައުންޓަށް ލިބޭ ފައިސާ، އޫރީދޫ އެމް-ފައިސާ ވޮލެޓަށް ސީދާ ބަދަލުކޮށްލެވޭނެއެވެ. އީ-ކޮމާސް ވިޔަފާރި: ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އޮންލައިންކޮށް ވިއްކައި، ފައިސާ ބަލައިގަތުމުގެ ފުރުސަތު ހުޅުވޭނެއެވެ.

Advertisement
Advertisement

ކޮމެންޓް (0)