ޗެލްސީއާ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާރޑް ޖޯ ޕެޑްރޯގެ ހިތްގައިމު 2 ގޯލާއެކު ކްލަބް ވާލްޑްކަޕްގެ ފައިނަލަށް އެ ޓީމުން ދަތުރުކޮށްފި.

  • 09 ޖުލައި 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ޗެލްސީއާ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާރޑް ޖޯ ޕެޑްރޯގެ ހިތްގައިމު 2 ގޯލާއެކު ކްލަބް ވާލްޑްކަޕްގެ ފައިނަލަށް އެ ޓީމުން ދަތުރުކޮށްފި.

ބްރެޒިލްގެ ފްލެމިނޭސްއާ ދެކޮޅަށް ރޭ ކުޅުނު މެޗް ޗެލްސީން ކާމިޔާބުކުރީ 0-2 ލަނޑުންނެވެ. މި މެޗްގައި ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ މިދިޔަ ހަފްތާގައި ބްރައިޓަންއިން 60 މިލިޔަން ޕައުންޑްގެ ފީއަކަށް ޗެލްސީއާ އަލަށް ގުޅުނު ފޯވާރޑް ޖޯ ޕެޑްރޯއެވެ. މި ދެ ލަނޑު ކާމިޔާބުކޮށްފައިވެސް ޖޯ ޕެޑްރޯގެ ކުރީގެ ކްލަބް ފްލެމިނޭސްއާ ދެކޮޅަށް އުފާފާޅުކޮށްފައެއް ނުވެއެވެ. މެޗަށްފަހު ޕެޑްރޯ ބުނީ މިއީ ފެށުމެއް ކަމަށާ ޗެލްސީއާ ގުޅުމަކީ އޭނާގެ ފުޓްބޯޅަ އެރިއަރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ޗެލްސީ ވަނީ 2021 ވަނަ އަހަރު ބްރެޒިލްގެ ޕަލްމެއިރާސްގެ މައްޗަށް ކުރި ހޯދާ މި މުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައެވެ. ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީފައިނަލްގައި ފްރާންސްގެ ޕީއެސްޖީއާ ސްޕެއިންގެ ރިއަލް މެޑިރިޑް ބައްދަލުކުރާ މެޗަށްފަހުއެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.

Advertisement
Advertisement

ކޮމެންޓް (0)