ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ނިމި ބައިވެރިން ރަން ވަނަތައް ޙާސިލްކޮށްފި.

  • 25 އޮގަސްޓް 2025
ފޭސްބުކް
ފޮންޓު ސައިޒު: ށ ށ ށ

އޯގަސްޓް 20 – 24 އާއި ހަމައަށް ބޭއްވިގެން ދިޔަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް، އިއްޔެ ވަނީ ރަންވަނަތަކާއި އެކު މުބާރާތް ނިމިފައެވެ.

މި މުބާރާތް ކުރިއަށް ގެންދެވިފައިވަނީ 21 ކެޓެގަރީ އަކަށް ބަހާލެވިގެންނެވެ. އަދި ކޮންމެ ކެޓަގަރީ އަކުންވެސް 1ވަނަ 2ވަނަ 3ވަނަ ހޮވާފައި ވެއެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ކެޓަގަރީ އަކުން ވެސް އުންމީދީ ކުޅުންތެރިއެއް ހޮވާފާވެއެވެ.

މެންސް އޯޕެން ކެޓަގަރީ 60 އިން 1ވަނަ ވާންގ ޒިކާންގ (ޗައިނާ)، 2ވަނަ ޕްރަސެރޓް ރޫއަންގްސްރިޗަރެއޮންރަންގް(ތައިލޭންޑް)، 3ވަނަ ޒާންގ ޗަންގަންގް (ޗައިނާ) އަދި އުންމީދީ ކުޅުންތެރިޔާ ވްލަޑިމިއާ އެލްޓްކޯ (ރަޝިޔާ) އެވެ. ވުމެންސް އޯޕެން ކެޓަގަރީ 60 އިން 1ވަނަ މަންތޫ މުރުމު (އިންޑިޔާ)، 2ވަނަ ރާޖޭޝްވާރީ މުކޭޝް މެޓްރޭ (އިންޑިޔާ)، 3ވަނަ ތަމަރާ ހެވާގޭ (ސްރީލަންކާ) އަދި އެލީނާ ރަޑޮމްސްކާޔާ (ރަޝިޔާ) އަދި އުންމީދީ ކުޅުންތެރިޔާ ޒާއޯ ފަންގް (ޗައިނާ) އެވެ. މެންސް އޯޕެން ކެޓަގަރީ 30 އިން 1ވަނަ ޖޯޖީ ވަހްޚނީން (ރަޝިޔާ)، 2ވަނަ ސޫރަޖް ބަޖްރަޗަރިޔާ (ނޭޕާލް)، 3ވަނަ ފޫ ޒެންގް (ޗައިނާ) އަދި އެލަން ވޮންގ ލެކް ނޫން (ސިންގަޕޫރް) އަދި އުންމީދީ ކުޅުންތެރިޔާ މުޙައްމަދު ނާޒިމް އަޝްރަފް (ޕާކިސްތާން) އެވެ. ވުމެންސް އޯޕެން ކެޓަގަރީ 30 އިން 1ވަނަ ޑިންގް ޔިޖޫން (ޗައިނާ)، 2ވަނަ ޓަންޔާޕޯން ޗިންރަކްސާ (ތައިލޭންޑް)، 3ވަނަ ސިވާޕްރިޔާ އެމް ނައިކް (އިންޑިޔާ) އަދި އިރީނާ އަބްރޮސިމޯވާ (ރަޝިޔާ) އަދި އުންމީދީ ކުޅުންތެރިޔާ އައިޝްވާރިޔާ ބާތު (ޔޫއެސްއޭ) އެވެ.

މެންސް ސިންގްލް 75 އިން 1ވަނަ ނަޒްމީ އެން ކިންޚަބުވާލާ (އިންޑިޔާ)، 2ވަނަ ބަލްވަންޓްރޭ ޖަގްޖިވަންދާސް ކަންސާރާ ( އިންޑިޔާ)، 3ވަނަ ޑރ. ޖަޔަންދްރާ ކަޕަޑިއާ (އިންޑިޔާ) އަދި އެމް ބާނާޑް ވެސްލީ (އިންޑިޔާ) އެވެ. ވުމެންސް ސިންގަލް 65 އިން 1ވަނަ ގިމް ސިމް ކިމް (ސިންގަޕޫރ)، 2ވަނަ ޒާއޯ ފަންގް (ޗައިނާ)، 3ވަނަ ރާޖޭޝްވާރީ މުކޭޝް މެޓްރޭ (އިންޑިޔާ) އަދި ރަމަރާ ހެވާގޭ (ސްރީލަންކާ) އަދި އުންމީދީ ކުޅުންތެރިޔާ މަލައި ލެރްތީރަންވޮންގް (ތައިލޭންޑް) އެވެ. މެންސް ސިންގްލް 70 އިން 1ވަނަ ލިއު ޖިއަންޝާން (ޗައިނާ)، 2ވަނަ ޒާންގް ޖުންގަންގް (ޗައިނާ)، 3ވަނަ ވްލަޑިމިއާ އެލްޓްކޯވް (އަޝިޔާ) އަދި ޒޫ ހުއައިޒޯންގް (ޗައިނާ) އަދި އުންމީދީ ކުޅުންތެރިޔާ އަޙްމަދް ލަތީފް (މޯލްޑިވްސް)އެވެ. ވުމެންސް ސިންގްލް 60 އިން 1ވަނަ މަންތޫ މުރުމު (އިންޑިޔާ)، 2ވަނަ މެއި ޔިފެންގް (ޗައިނާ)، 3ވަނަ އެލީނާ ރަޑޮމްސްކާޔާ (ރަޝިޔާ) އަދި އީސާ ސުކަންޔާ (އިންޑިޔާ)އެވެ.

މެންސް ސިންގްލް 65 އިން 1ވަނަ ވަންގް ޒިކާންގް (ޗައިނާ)، 2ވަނަ ރެއިންހާޑް މިލާރ (ޖާރމަނީ)، 3ވަނަ މާޓީން ކޯއެންޑާސް (ޖާރމަނީ) އަދި ޚަވާޖާ ހަސަން ވަދޫދު (ޕާކިސްތާން) އަދި އުންމީދީ ކުޅުންތެރިޔާ ދަޔާނަންދު އަތުމަރަމް ރަކްޝެކާރ (އިންޑިޔާ)އެވެ. ވުމެންސް ސިންގްލް 50 އިން 1ވަނަ ޓަންޔާޕޯން ޗިންރަކްސާ (ތައިލޭންޑް)، 2ވަނަ އިރީނާ އަބްރަސިމޯވާ (ރަޝިޔާ)، 3ވަނަ ވަންގް ޒެނީ ޕްރިސިލާ (ސިންގަޕޫރް) އަދި ޗިވާޕްރިއާ އެމް ނައިކް (އިންޑިޔާ) އަދި އުންމީދީ ކުޅުންތެރިޔާ އައިޝްވާރިޔާ ބާތު (ޔޫއެސްއޭ)އެވެ. މެންސް ސިންގްލް 60 އިން 1ވަނަ ސެންގިލް އަކްޑަކްލީ (ތުރުކީ)، 2ވަނަ ކަޕިލް ކުމާރް (އިންޑިޔާ)، 3ވަނަ އަލީ އާދަމް މަނިކް (މޯލްޑިވްސް) އަދި ޕްރަސެރޓް ރޫއަންގްރިޗަރެއޮންރަންގް (ތައިލޭންޑް) އަދި އުންމީދީ ކުޅުންތެރިޔާ އިގޯރ ކޮރްނޫއިކިން (ރަޝިޔާ)އެވެ. މެންސް ސިންގްލް 50 އިން 1ވަނަ ރާޖެންދްރާ ކަޕާރލީ (ނޭޕާލް)، 2ވަނަ ސަން ޓިއަންވޭ (ޗައިނާ)، 3ވަނަ ފޫ ޒެންގް (ޗައިނާ) އަދި ޖޯޖީ ވަންހްޚނީން (ރަޝިޔާ) އަދި އުންމީދީ ކުޅުންތެރިޔާ އެލްން ވޮންގް ލެކް ނޫން (ސިންގަޕޫރ)އެވެ. މެންސް ސިންގްލް 35 އިން 1ވަނަ ހްރްވޮޖޭ ލިވްންޖަކް (ކްރޮއޭޝިއާ)، 2ވަނަ މިފްޒާލް އަޙްމަދު (މޯލްޑިވްސް)، 3ވަނަ މުޙަމްމަދު ޔާސިރް (މޯލްޑިވްސް) އަދި ސޫރަޖް ބަޖްރަޗަރިޔާ (ނޭޕާލް) އަދި އުންމީދީ ކުޅުންތެރިޔާ ރަޔަން ޑޭ (ޔޫއެސްއޭ)އެވެ.

މެންސް ޑަބްލްސް 75 އިން 1ވަނަ ޖަޔަންދްރާ ކަޕަޑިޔާ (އިންޑިޔާ) އަދި ނަޒްމީ އެން ކިންޙަބްވާލާ (އިންޑިޔާ) އަދި 2ވަނަ އެމް ބާނާރޑް ވެސްލީ (އިންޑިޔާ) އަދި ބަލްވަންޓްރޭ ޖަގްޖިވަންޑާސް ކަންސާ (އިންޑިޔާ)އެވެ. ވުމެންސް ޑަބްލްސް އިން 1ވަނަ ތަންޔާޕޯން ޗިންރަކްސާ (ތައިލޭންޑް) އަދި މުނާ އިބްރާހިމް (މޯލްޑިވްސް)، 2ވަނަ ރާޖޭޝްވާރީ މުކޭޝް މެޓްރޭ (އިންޑިޔާ)، ގިމް ކިމް ސިމް (ސިންގަޕޫރް) 3ވަނަ މަންތޫ މުރުމު (އިންޑިޔާ)، އީސާ ސުކަންޔާ (އިންޑިޔާ) އަދި މަލައި ލެރްތިރަންވޮންގް (ތައިލޭންޑް)، ތަމަރާ ހެވާގޭ (ސްރީލަންކާ) އަދި އުންމީދީ ކުޅުންތެރިން އެލީނާ ރަޑޮމްސްކާޔާ (ރަޝިޔާ)، އިރީނާ އަބްރޮސިމޯވާ (ރަޝިޔާ)އެވެ. މެންސް ޑަބްލްސް 70 އިން 1ވަނަ ވްލަޑިރިމް އެލްޓްކޯވް (ރަޝިޔާ)، އަޙްމަދު ލަތީފް (މޯލްޑިވްސް)، 2ވަނަ ޒު ހުއައިޒޯންގް (ޗައިނާ)، ޒާންގް ޖުންގަންގް (ޗައިނާ)އެވެ. މެންސް ޑަބްލްސް 60 އިން 1ވަނަ ސެންގިޒް އަކްޑަގްލީ (ތުރުކީ)، ޕްރަސާރޓް ރޫއަންގްސްރިޗަރެއޮންރަންގް (ތައިލޭންޑް)، 2ވަނަ ވަންގް ޒިކާންގް (ޗައިނާ)، ގޭ ޔޫސޮންގް (ޗައިނާ)، 3ވަނަ ޕޫރްނާ ޝަންކަރް ޝްރެސްތާ (ނޭޕާލް)، ރެއިންހާޑް މުލާ (ޖާރމަނީ) އަދި ކަޕިލް ކުމާރް (އިންޑިޔާ)، އަލީ އާދަމް މަނިކް (މޯލްޑިވްސް) އަދި އުންމީދީ ކުޅުންތެރިޔާ ދަޔާނަންދު އަތުމަރަމް ރަކްޝެކާރ (އިންޑިޔާ)، ސުރޭޝް ކުމާރް (އިންޑިޔާ)އެވެ.

މެންސް ޑަބްލްސް 50 އިން 1ވަނަ ލިއު ޖިއަންޝަން (ޗައިނާ)، ފޫ ޒެންގް (ޗައިނާ)، 2ވަނަ އިބްރާހިމް ލަތީފް (މޯލްޑިވްސް)، ރާޖެންދްރާ ކަޕާލީ (ނޭޕާލް)، 3ވަނަ ޖޯޖީ ވަހްޚނީން (ރަޝިޔާ)، އަލެކްސޭ ސޮސްނިން (އަޝިޔާ) އަދި ޓިމޮތީ ލިމް ންގިއަން ސެން (ސިންގަޕޫރް)، އެލްން ވޮންގް ލެކް ކޫން (ސިންގަޕޫރް) އަދި އުންމީދީ ކުޅުންތެރިން އިގޯރ ކޮރްނޫއިކިން (ރަޝިޔާ)، އަނަޓޮލީ އަގޭއެވް (ކަޒަކިސްތާން)އެވެ. މެންސް ޑަބްލްސް 35 އިން 1ވަނަ މުޙައްމަދު ޔާސިރް (މޯލްޑިވްސް)، ހުރްވޮޖޭ ލިވްންޖަކް )ކްރޮއޭޝިޔާ)، 2ވަނަ ސޫރަޖް ބަޖްރަޗަރިޔާ (ނޭޕާލް)، ދާން ބަހާދުރު މަހާރުޖަން (ނޭޕާލް)، 3ވަނަ ހަރިންދްރާ ހެވާގޭ (ސްރިލަންކާ)، ސާނޫ ބާބޫ މަހާރްޖަން (ނޭޕާލް) އަދި މިފްޒާލް އަހްމަދު (މޯލްޑިވްސް)، މުހައްމަދު ސިޔާމް (މޯލްޑިވްސް) އަދި އުންމީދީ ކުޅުންތެރިން މިޚައިލް ސަޒާނޯވް (ރަޝިޔާ)، ސަން ޓިއަންވޭ (ޗައިނާ)އެވެ.

މިކްސްޑް ޑަބަލްސް 60 އިން 1ވަނަ ވްލަޑިމިއާ އެލްޓްކޯވް (ރަޝިޔާ)، އެލީނާ ރަޑޮމްސްކާޔާ (ރަޝިޔާ)، 2ވަނަ މަންތޫ މުރުމު (އިންޑިޔާ)، ކަޕިލް ކުމާރް (އިންޑިޔާ)، 3ވަނަ އަހްމަދު ލަތީފް (މޯލްޑިވްސް)، ތަމަރާ ހެވާގޭ (ސްރީލަންކާ) އަދި ގޭ ޔޫސޮންގް (ޗައިނާ)، މޭ ޔިފެންގް (ޗައިނާ) އަދި އުންމީދީ ކުޅުންތެރިން ލުއު ޖިއަންޝަން (ޗައިނާ)، ޒާއޯ ފަންގް (ޗައިނާ)އެވެ. މިކްސްޑް ޑަބްލްސް 30 އިން 1ވަނަ ވަންގް ޒިކާންގް (ޗައިނާ)، ޑިންގް ޔިޖުންގް (ޗައިނާ)، 2ވަނަ ރާޖެންދްރާ ކަޕާލީ (ނޭޕާލް)، މުނާ އިބްރާހިމް (މޯލްޑިވްސް)، 3ވަނަ ޖިމް ސިމް ކިމް (ސިންގަޕޫރް)، ޓިމޮތީ ލިމް ންގިއަން ސެން (ސިންގަޕޫރް) އަދި ސިވާޕްރިޔާ އެމް ނައިކް (އިންޑިޔާ)، ފޫ ޒެންގް (ޗައިނާ) އަދި އުންމީދީ ކުޅުންތެރިން އިރީނާ އަބްރަސިމޯވާ (ރަޝިޔާ)، ހުސްއިން ރަޝީދް (މޯލްޑިވްސް)އެވެ.

މި މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ ތޮއްޑޫ ކައުންސިލް އާއި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮންޕެނީ އަދި އިހާ ޓޭބަލް ޓެނިސް އެކަޑަމީގެ މަސައްކަތުންނާއި އަދި ކުޅުންތެރިންގެ ހިތްވަރުންކަން ފާހަގަވެގެންދެއެވެ. އަދި މި މުބާރާތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ތޮއްޑޫ ސްކޫލްގެ ގިނަ ދަރިވަރުން އަމްޕަޔަރުން ކަމުގައި މަސައްކަތް ކޮށްފާވާކެމެވެ.

މިއީ ރާއްޖޭގައި ޓޭބަލް ޓެނިސްގެ މިފަދަ ބޮޑު މުބާރާތެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.

Advertisement
Advertisement

ކޮމެންޓް (0)