ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 167 ބައިވެރިންނާއި އެކު ފަށައިފި.

  • 02 ސެޕްޓެމްބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 167 ބައިވެރިންނާއިއެކު ސެޕްޓެމްބަރ 1ވަނަ ދުވަހު ފަށައިފިއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓާރުގައެވެ.

މި މުބާރާތުގައި ކުރިއަށް ގެނދެވޭ ކެޓަގަރީ ތަކަކީ، ޕްރޮފެޝަނަލް، ޔޫތް، ޖޫނިޔާ އަދި އޯޕެންސް އެވެ. އާންމުންނަށް ހުޅުވާލައިގެން މި މުބާރާތް ބޭއްވޭ މިއީ ދެވަނަ އަހަރެވެ. 2024 ވަނަ އަހަރު ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 2 މުބާރާތެއް ބޭއްވިފައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހުޅުވާލެވިފައިވަނީ ހަމައެކަނި ސިފައިންނަށްކަމަށް އެސޯސިއޭޝަނުން މައުލޫމަތުދިނެވެ. ނަމަވެސް މިހާރު މި އެސޯސިއޭޝަން ކުރިއަށްގެންދަނީ، އާންމުންނަށް ވެސް ހުޅުވާލެވިގެންނެވެ. ޝޫޓް ކުރުމަށް ޝައުގުވެރިވާ އާންމު ފަރާތްތަކުންނާއި ސްކޫލު ދަރިވަރުންގެވެސް ތާޢީދު މި އެސޯސިއޭޝަންއަށް ވަރަށް ބޮޑަށް ލިބޭކަމަށް ޝޫޓިން އެސޯސިއޭޝަންއިން މައުލޫމާތު ދިނެވެ. އަދި މި އެސޯސިއޭޝަންއިން ސްކޫލު ދަރިވަރުންނަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށްވެސް ޝޫޓިންގ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

ޝޫޓިންގައި ބައިވެރިވާ ފަރާތްތަކަށް ޝޫޓިންގ ޓްރެއިނިންގ ވެސް މި އެސޯސިއޭޝަނުން ކުރިއަށްގެންދެއެވެ. އަދި ޝޫޓް ކުރުމަށް އެންމެ ރަނގަޅުކުދިން ފާހަގަކޮށް ކުރިއެރުވުމުގެ މަސައްކަތް މި އެސޯސިއޭޝަނުން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެއެވެ.

2022 ވަނަ އަހަރު 19ވަނަ އޭޝިއަން ގޭމްސް ހޭންގޒޯ (ޗައިނާ) އިން ނޭޝަނަލް ރޮކޯޑް ކާމިޔާބު ކޮށްފައިވަނީ، ޝަރަފިއްޔާ އަބްދުއްރަހްމާން 605.9 ޕޮއިންޓް ލިބިގެންނެވެ. ނަމަވެސް މިއަހަރުގެ ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އިން އައު ރިކޯޑެއް ކާމިޔާބުކޮށްފައިވަނީ އާއިޝަތް އީޝާ ޝަހީދް 609.6 ޕޮއިންޓާއެކުއެވެ.

ޝޫޓިންގ އެސޯސިއޭޝަން އަށް ހަތިޔާރު ހޯދުމުގައި މިނިސްޓްރީއިން ވަރަށް ބޮޑު އެހީތަކެއް ވެދޭކަމަށް މައުލޫމާތުލިބެއެވެ. މިއީ މި އެސޯސިއޭޝަނާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު އެހީއެކެވެ.

Advertisement
Advertisement

ކޮމެންޓް (0)