ލ. ހިތާދޫއަށް ދަތުރުކުރަމުން ދިޔަ ބޯއްޓެއް ދިޔަވެ އަޑިއަށް ހިނގައްޖެ!

  • 11 ޖުލައި 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ގިނަ އަދަދެއްގެ މުދަލާއި އެކު ދަތުރުކުރަމުން ދިޔަ މި ބޯއްޓުގައި ފަޅުވެރިންނާއިއެކު 12 މީހުން ދަތުރު ކުރަމުން ދިޔަކަމަށްވެސް މައުލޫމާތު ލިބުނެވެ. ބޯއްޓުގައި ހުރި ގިނަ މުދާތައް ރާޅާއެކު ލޮނުގަނޑުގެ އަޑިއަށް ގޮސްފައިވާކަމަށްވެސް ބޯއްޓުގެ ފަޅުވެރިން މައުލޫމާތު ދިނެވެ.

ލ.ހިތާދޫ އަށް ދަތުރުކުރަމުން ދިޔަ މި ބޯއްޓު ދިޔަވީ ރިހިވެލި މޯލްޑިވްސް ރިސޯޓް ކައިރިއަށެވެ. ބޯއްޓު މިހާރު އަޑިއަށް ގޮސްފައިވާއިރު ކޯސްޓްގާޑުގެ އެހީ ރޭގައި ލިބި ފަޅުވެރިން ސަލާމަތްކުރެވުނު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން ބުނީ ރޭގައި 22:52 ހާއިރު ބޯއްޓުގައި ތިބި އެންމެން ސާލާމަތުން މާލެ ގެނެވިފައިވާކަމަށެވެ.

Advertisement
Advertisement

ކޮމެންޓް (0)