އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާވެސް ނިޔާވެއްޖެ.

  • 15 އޭޕްރިލް 2025
ފިހިގެން ނިޔާވި ޝާމިން
ފޮންޓު ސައިޒު: ށ ށ ށ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާވެސް ނިޔާވެއްޖެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ ވަނީ މިދިޔަ މާރޗް މަހުގެ 31ވަނަ ދުވަހު ނިޔާވެފައެވެ.

އަދި ފިރިހެން މީހާއަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓިލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިމަހުގެ 7ވަނަ ދުވަހު އިންޑިޔާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ރަސްދޫ ބްރާންޗްގައި މަސައްކަތް ކުރަމުންދިޔަ ޝާމިންގެ %78 ފިހިފައިވާކަމަށް އައި.ޖީ.އެމް.އެޗުން އޭރު ވަނީ މަޢުލޫމާތު ދީފައެވެ. އިންޑިޔާއަށް ގެންގޮސް އޮޕަރޭޝަނެއް ކުރި ނަމަވެސް އޭނާގެ ހާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އޭގެ ކުރިންވެސް ޑޮކްޓަރުން ބުނެފައިވަނީ އެހާ ބޮޑަށް މީހާގެ ހަށިގަނޑު ފިހިފައި އޮތުމުން ފުރާނަ ސަލާމަތް ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކޮޓަރިއަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި ހާދިސާ ތަޙްގީގު ކުރަމުންނެވެ.

Advertisement
Advertisement

ކޮމެންޓް (0)