އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަރޕޫލުން އާ ސީޒަންގެ ލީގު މެޗް މޮޅަކުން ފަށައިފި

  • 16 އޮގަސްޓް 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

އިނގިރޭސި ޕްރިމިއަރ ލީގު ފެށުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗް ލިވަރޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ 2-4 ލަނޑުންނެވެ. މި މެޗްގެ ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދީ ލިވަރޕޫލުންނެވެ. އެ ޓީމާ އަލަށް ގުޅުނު ފޯވާރޑް އެކިޓިކޭ ފުތަމަ ހާފް ނިމެންދަނިކޮށް އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް މި ލީޑް ދެވަނަ ހާފްގައި ފުޅާކޮށްދިނީ ގަކްޕޯއެވެ. ދެ ލަނޑުގެ ލީޑެއްގައި ލިވަރޕޫލުން ކުޅެމުންދަނިކޮށް ބޯންމައުތުގެ ސަމަންޔޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީ އެ ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެންނަމަވެސް މި ނަތީޖާގައި މެޗް ނިމެން ދަނިކޮށް ލިވަރޕޫލަށް މެޗްގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 88 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗީސާއެވެ. އަދި އިތުރު ވަގުތުގައި އެ ޓީމަށް ލީޑް ފުޅާކޮށްދިނީ މުހައްމަދު ސަލާއެވެ. މި މެޗް ފެށުމުގެ ކުރިން ލިވަރޕޫލުން ވަނީ މިދިޔަ ސީޒަންގައި އެ ޓީމަށް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ޕޯޗްގަލްގެ ފޯވާރޑް ޑިއެގޯ ޖޮޓާގެ ހަނދާނުގައި ސުކޫތުކޮޅެއް ގެނެސްފައެވެ.

ޕްރިމިއަރ ލީގުގައި މިއަދުވެސް 5 މެޗެއް ކުޅެވިގެންދާނެއެވެ. މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ އެސްޓޮންވިލާ އަދި ނިއުކާރސަލް ޔުނައިޓެޑްއެވެ. މިރޭ 7 ޖަހާއިރު ކުޅޭ މެޗްތަކުގައި ބައްދަލުކުރާނީ ޓޮޓެންހަމައާއި ބާންލޭ، ސަންޑަރލެންޑާއި ވެސްޓްހެމް، ބްރައިޓަން އާއި ފުލަމް އަދި މިރޭ 9:30 ކުޅޭ މެޗްގައި ބައްދަލުކުރާނީ ވޯލްސް އާއި މެންޗަސްޓަރ ސިޓީއެވެ.

Advertisement
Advertisement

ކޮމެންޓް (0)