މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު 12/2020

  • 22 މެއި 2025
ގޫގުލް ފޮޓޯ
ފޮންޓު ސައިޒު: ށ ށ ށ

ދިވެހިންނަކީ ޒަމާނުންސުރެ، މިއަދާހަމައަށް، ރާއްޖެއިން ބޭރުން މުދާ އެތެރެކޮށް، ވިއްކައި، އޭގެމައްޗަށް ދިރިއުޅުން ބިނާކުރަމުންއައިސްފައިވާ ހީވާގިބައެކެވެ. އެގޮތުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމަށްޓަކައި " މުދާ ވިއްކުމާބެހޭ ޤާނޫނު" ގެ ނަމުގައި އެންމެ ފުރަތަމަ ޤާނޫނެއް އުފެދިފައިވަނީ 01 ސެޕްޓެމްބަރ 1991 ވަނަ އަހަރުއެވެ. އެއީ ޤާނޫނު ނަމްބަރ 91/6 އެވެ. އޭގެ 33 އަހަރު ފަހުން ޒަމާނަށް އައިސްފައިވާ ބަދަލުތައް ހިމެނޭގޮތަށް 2020 ވަނަ އަހަރުވަނީ އައު ޤާނޫނެއް ފާސްކޮށްފައެވެ. ޤާނޫނެއް ކިތައްމެ ފުރިހަމައަށް އުފެދިފައިވީނަމަވެސް އޭގެ ރީތިކަން ފެންނާނީ ޤާނޫނާ އެއްގޮތަށް އެންމެން އަމަލުކުރާނަމައެވެ.

އެއްޗެއް ގަތުމަށްޓަކައި ފިހާރައަށްގޮސް ވަރަށް ގިނަފަހަރަށް އެ ގަންނަންބޭނުންވާ އެއްޗެއްގެ އަގު ނުފެނިގެން ހޯދަންޖެހެއެވެ. އެކަން އެގޮތަށް ދިމާވުމުގައި ސަބަބުތަކެއް ހުރެއެވެ. އެގޮތުން އަގު ޖަހާފައި ހުންނަތަނުގެ ގޮތުން، ފޮންޓްގެ ސައިޒް ކުޑަކަވުން، ފޮންޓްގެ ކުލަ ފަނޑުކަމުން ނޫންނަމަ އަގު ޖަހާފައި ނެތުމުންވެސް ނުފެނިދެއެވެ. މިކަންކަން ހައްލުކުރުމަށްޓަކައި މި ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނަނީ "މިނިސްޓްރީން އިސްތިސްނާކުރާ މުދަލެއް ފިޔަވައި އެހެން މުދަލެއް ވަކިން ވިއްކާނަމަ ނުވަތަ ގަނޑުކޮށް ވިއްކާނަމަ، އެ މުދާ ވިއްކާ އަގު، މުދަލުގައި ނުވަތަ މުދާ ގަންނަ މީހުންނަށް ފެންނަގޮތަށް އެތަނެއްގައި ލިޔެފައި ބަހައްޓަންވާނެ ކަމަށެވެ".

މިޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފްވާނަމަ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ފަހަރުނަމަ، -/1,000 (އެއްހާސް) ރުފިޔާއާއި -/100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދޭންވާނެކަމަށް ބުނެފައިވެއެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކު، -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދޭންވާނެކަމަށް ބުނެފައިވެއެވެ. އަދި ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، -/5,000 (ފަސްހާސް) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެތަނެއް 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ފިޔަފާރި ބަންދުކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެން ވެއެވެ. މިތަނުގައި "މިނިސްޓްރީ" މާނަކޮށްފައިވަނީ އެއިރެއްގައި ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިއޮންނަ މިނިސްޓްރީ އެކެވެ. މިހާރުނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް.

Advertisement
Advertisement

ކޮމެންޓް (0)