ވިިނަރެސް ފްލެޓެއްގައި ޚަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިއްޖެ
- 28 އޭޕްރިލް 2025
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓެއްގައި ޚަބަރު ހުސްފައި އޮތް 21 އަހަރުގެ އަންހެނެއް ފެނިއްޖެއެވެ.
ފުލުހުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ހެނދުނު 6:05 ކަންހާއިރު އެ އިދާރާއަށް އަންހެނަކު ހަޅޭއްލަވާ އަޑު އިވޭ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް އެޓެންޑްވިކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވާ ގޮތުން، އެ ގެ ތަޅުލާފައި ހުރުމުން އެ ގެއަށް ވަންނަން ޖެހުނީ ދޮރު ހަލާކުކޮށްލައިގެން ކަމަށާ އެ ގެއަށް ވަދެވުނުއިރު ގޭތެރެއިން 21 އަހަރުގެ ޒުވާން އަންހެނަކު ޚަބަރު ހުސްވެފައި އޮށްވާ ފެނުނުކަމަށް މައުލޫމާތު ދެއެވެ. މި އަންހެންމީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާ ދޭން ފަށައިފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.