މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެ 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ.
- 13 ޖުލައި 2025
މި އެކްސިޑެންޓް ހިނގައިފައިވަނީ މާފަންނު ބަސް ޓާމިނަލް ކުރިމަތިން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ޒިބްރާކްރޮސް އިން މަގު ހުރަސްކުރި މީހެއްގައިގައި ޖެހިގެންނެވެ. އަދި މި އެކްސިޑެންޓް ހިނގި ވަގުތު މަގުމަތިން ދުއްވާފައި އައި ޕިކަޕެއްގައި ވެސް އެ ސައިކަލް ކޮންޓްރޯލްނުވެ ގޮސް ވަނީ ޖެހިފައެވެ.
މާފަންނު ބަސް ޓާމިނަލް ކުރިމަތީ ހިނގި މި އެކްސިޑެންޓްގައި ނިޔާވީ 17 އަހަރުގެ ކުއްޖެކެވެ. އަދި 2 މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ. އަދި މިވަގުތު އެމީހުންނަށް އައި.ޖީ.އެމް.އެޗް ގައި ދަނީ ފަރުވާދެމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިރޭގެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ މައްޝޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އަޝްފާގެ ދަރިފުޅެވެ.