އިގްތިސާދު ތެރޭގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށްފި
- 07 އޮގަސްޓް 2026
އެމްއެމްއޭ އިން ބުނިގޮތުގައި، އެމްއެމްއޭގެ ބޯޑުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރުފިޔާގެ މިނިމަމް ރިޒަރވް ރިކުއަރމެންޓް މަތިކުރުމާއި އޯޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން ދައުރުވާ ފައިސާ މަދުކުރުން ހިމެނެއެވެ.
އެގޮތުން އެމްއާރުއާރުއެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު 10.5% އިން 11.0%އަށް ސެޕްޓެމްބަރުން ފެށިގެން މަތިކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެމްއެމްއޭ އިން ވަނީ 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމް.އާރް.އާރް މަތިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މަޑުމަޑުން މަތިކުރަމުންގޮސް 2027 ވަނަ އަހަރު ޑިސެމްބަރަށް އެމްއާރުއާރު %13 އަށް މަތިކުރުމަށް ވަނީ ނިންމާފަ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްއެމްއޭގެ އޮޕަންމާކެޓް އޮޕަރޭޝަންސް (އޯމޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު އެމް.އެމް.އޭ އިން އޯ.އެމް.އޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން އޯ.އެމް.އޯ މެދުވެރިކޮށް 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނެގިފައެވެ. އަދި ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.


އެމްއެމްއޭ




