ފީފާ ކްލަބް ވާލްޑްކަޕްގެ ކުއާރޓާ ފައިނަލުން އިނގިރޭސި ވިލާތުގެ ޗެލްސީއާއި ބްރެޒިލްގެ ޕަލްމެއިރަސް ޖާގަ ހޯދައިފި.

  • 29 ޖޫން 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ފީފާ ކްލަބް ވާލްޑްކަޕްގެ ކުއާރޓާ ފައިނަލުން އިނގިރޭސި ވިލާތުގެ ޗެލްސީއާއި ބްރެޒިލްގެ ޕަލްމެއިރަސް ޖާގަ ހޯދައިފި.

ބޯކޮށް ވާރޭވެހި ގުގުރާ ހޮނުއެޅުމުގެ ސަބަބުން 2 ގަޑިއިރަށް ކުޅުން މެދުކަނޑާލަން ޖެހުނު ޗެލްސީ އަދި ބެންފިކާ ބައްދަލުކުރި މެޗް ޗެލްސީން ކާމިޔާބުކުރީ 1-4 ލަނޑުންނެވެ. މި މެޗްގެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް އުފައްދަމުންދިޔައީ ޗެލްސީންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ ލަނޑެއް ކާމިޔާބުނުކުރެވި އެއްވރުވެގެންނެވެ. މެޗްގައި ޗެލްސީއަށް ލީޑް ނަގައިދިނީ 64 ވަނަ މިނެޓްގައި ކެޕްޓަން ރީސް ޖޭމްސް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑާއެކު މެޗް ނިމެން ދަނިކޮށް ބެންފިކާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ޗެލްސީގެ ޕެނަލްޓީ އޭރިޔާތެރެއިން ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީއަކުން ޑިމަރީއާއެވެ. ނަތީޖާ ހަމަހަމަވުމުން އިތުރަށް ކުޅުނު 15މިނެޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ބެންފިކާގެ ޕްރެސްޓިއަނީ ކުރި ކުށަކާ ގުޅިގެން ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ފަނަރަ މިނެޓްގެ ދެ ހާފްގެ ތެރެއިން ފަހު ހާފްގައި ޗެލްސީއަށް ލީޑް ނަގައިދިނީ އެންކުކޫއެވެ. މި ނަތީޖާ އިތުރަށް ފުޅާކޮށްދިނީ ނެޓޯ އަދި ޑިއުސްބަރީއެވެ. ކުއާރޓާފައިނަލްގައި ޗެލްސީއާ ވާދަކުރާ ޕަލްމެއިރާސް ވަނީ ރޭ ބްރެޒިލްގެ ބޮޓަފޮގޯ އަތުން 1-0 ލަނޑުން ކުރި ހޯދާފައެވެ.

ގަދަ ސޯޅައިގައި ފްރާންސްގެ ޕީއެސްޖީއާ، އެމެރިކާގެ އިންޓަރ މިއާމީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު ބައްދަލުކުރާއިރު މިރޭ ދަންވަރު 1 ޖަހާއިރު ބްރެޒިލްގެ ފްލެމިންގޯ ނުކުންނާނީ ޖަރުމަންގެ ބަޔާން މިޔުނިކާ ދެކޮޅަށެވެ.

Advertisement
Advertisement

ކޮމެންޓް (0)