ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓް އެއް- ދެ ކުދިންނާއި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް.

  • 11 އޮގަސްޓް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

އެކްސިޑެންޓް ހިނގާފައިވަނީ މިރޭގެ 9:15 ކަންހާއިރު ކަމަށް މައުލޫމާތުލިބެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސަންސް ނެތި ދުއްވި ސައިކަލެއް ފަހަތުން ޕޮލިހުން ދުއްވަމުން ދަނިކޮށް ކުރިމަތިން އައި ސައިކަލުގައި ޖެހިގެންނެވެ.

އަދި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޕޮލިހުން އަތުލުމަށް ފަހަތުން ދުއްވި ސައިކަލުގައި ދުއްވަން އިން 15 އަހަރުގެ ކުއްޖާއާއި އެ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި ކުރިމަތިން އައި ސައިކަލުގައި އިން އަންހެންމީހާ އަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ފަރާތްރަކަށް މިވަގުތު ދަނީ، އައްޑޫ އިއުކަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement
Advertisement

ކޮމެންޓް (0)