މާލޭގެ ގެއެއްގެ 9 ވަނަ ފަންގިފިލާއިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ހިމެނޭ އެންމެންގެ ވަނަވަރު ޢާންމުކޮށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފަހައްޓައިފި.

  • 24 އޭޕްރިލް 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

މާލޭގެ ގެއެއްގެ 9 ވަނަ ފަންގިފިލާއިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ހިމެނޭ އެންމެންގެ ވަނަވަރު ޢާންމުކޮށް ރާއްޖޭން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ހިފަހައްޓައިފި.

މި މައްސަލާގައި 9 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ ޙައްވާ ޔުމްނާ ރަޝީދު 21 އަހަރުއެވެ. މިކަމާ ގުޅޭގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައިވާކަން ފުލުހުންނަށް އެނގުނީ ހުކުރު ދުވަހު ހެނދުނު ޢާންމު ފަރާތަކުން ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން ކަމަށެވެ. އަދި އެ އަންހެން މީހާގެ ހޯދުމަށްފަހު ވެއްޓުނު ކަމަށް ލަފާކުރެވޭ ގޭގެ ސީސީޓީވީ ފުޓޭޖް ބެލި ކަމަށާ، އެގޭގައި އަންހެން މީހާއާއެކު އެހެން މީހަކު ހުރިކަންވެސް އެ ފުޓޭޖުން ފާޙަގަވިކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެންމީހާ ފުރާޅުން ނަގާފައިވަނީ އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ކަމަށާ، ފުލުހުން އިތުރަށް ބެލި ބެލުމުން އެ އަންހެން މީހާއާއެކު ދެން ހުރި ފިރިހެން މީހާއަކީ، ރައުދު އަޙުމަދު ޒިލާލް 21އ. ގ.އެރިޔަދޫ، ކ.މާލެ ކަން އެނގުނު ކަމަށާ، އެއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނާއި ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ފަހުން ބެލި ބެލުމުން އިތުރު 7 މީހަކު މި މީހުންނާއެކު އެރޭ މާންދޫގެއަށް ވަންނަތަން ފެންނަކަށާ އެ އެންމެން ދެނެގަނެވި މި މައްސަލާގައި ހިމެނޭ މީހުންނާއި ވެއްޓުނު މައްސަލައާއި ގުޅުމެއްވޭތޯ ބެލުމަށް ވަކިން ތަހުޤީގެއް ހިންގަން ޖެހޭކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހިމެނޭކަމަށް ފުލުހުން މިއަދު ނަން ޢާންމުކޮށްފައިވާ ފަރާތްތަކަކީ ހައްވާ ޔުމްނު ރަޝީދު، ކ.މާލެ، ގ.ރަނައުރާގެއާގެ. ރައުދު އަހުމަދު ޒިލާލް، ކ.މާލެ، ގ.އެރިޔަދޫ. އައިޝަތު ލަޔާލީ އިޤްބާލު، ކ.މާލެ، ގ.ނޯތުބްރީޒް، ޔޫސުފް އަޙުމަދު އަކުރަމް، ކ.މާލެ، މއ.މާންދޫގެދެކުނުގެ، ޔޫސުފް ޣައްސާރު އަބްދުލްޣަފޫރް، ކ.މާލެ، ހ.ހީނާޒް، ހުސެއިން ހަލީސް އަލީ، ނ.ވެލިދޫ، އަދި. އާމިނަތު ޖުނައިނާ ޖަމްޝީދު، ޅ.ތިލަފަޅު، އިޒްދިޔާން މުހައްމަދު މައުމޫން، ކ.މާލެ، މއ.މާންދުގެއާގެދެކުނުގެ، އިޖާޒް ޖާއިޒް، އޭޕްރީލް، ގދ.ފަރެސްމާތޮނޑާއެވެ.

މި މައްސަލާގެ ކަންކަން ބެލުމުގައި ފުލުހުންގެ އިޙްމާލު ވަރަށް ބޮޑުކަމަށްބުނެ އެ ކަންކަމާ ހިތްހަމަ ނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ.

Advertisement
Advertisement

ކޮމެންޓް (0)