ހުޅުމާލެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
- 13 ޖުލައި 2025
މި ހާދިސާ ހިނގާފައިވަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަޒީޒާ މިސްކިތް ކައިރި ހުރި 94 ނަންބާރ ޗައިނާ ފްލެޓެއްގެ 3 ވަނަ ފްލޯގެ އެޕާރޓްމަންޓެއްގައެވެ.
މި އެޕާރޓްމަންޓް ގައި ދިރިއުޅެމުންދަނީ 11 ބިދޭސީންކަމަށް މައުލޫމާތު ލިބުނެވެ. އެއްވެސް މީހަކަށް މިހާދިސާގައި ގެއްކުން ވެފައިވާކަމަކަށް އެނގިފައެއް ނުވެއެވެ. ނަމަވެސް އެޕާރޓްނެންޓްވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިކަމަށް މައުލޫމާތު ލިބެއެވެ.
އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.