ޔޫރަޕްގެ ގަދަ ބާރު އިނގިރޭސި ވިލާތުގެ މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދާ ސައުދީ ލީގުގެ އަލް ހިލާލްއިން ކްލަބް ވާލްޑް ކަޕްގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދައިފި.

  • 01 ޖުލައި 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ޔޫރަޕްގެ ގަދަ ބާރު އިނގިރޭސި ވިލާތުގެ މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދާ ސައުދީ ލީގުގެ އަލް ހިލާލްއިން ކްލަބް ވާލްޑް ކަޕްގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދައިފި.

ސައުދީ ދެ މަހުޖަނުންގެ ދެ ކްލަބްގެ މި ކުރިމަތިލުން އަލް ހިލާލްއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ހަތަރު ލަނޑު ތިން ލަނޑުންނެވެ. މެޗް ފަށައިގެން 9ވަނަ މިނެޓްގައި ސިޓީގެ ބާރނާޑޯ ސިލްވާ ވަނީ އެ ޓީމަށް ލީޑް ނަގައިދީފައެވެ. މި ނަތީޖާގައި އޮވެ މެޗްގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ހިލާލްގެ މާރކޮސް ލިއަރނާޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފްގެ ހަތްވަނަ މިނެޓްގައި ހިލާލްގެ މަލްކޮން އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް އޭގެ 3 މިނެޓް ފަހުން ސިޓީއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ހާލަންޑްއެވެ. 2-2ގެ ނަތީޖަގައި އޮވެ މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ހިލާލްގެ ޑިފެންޑަރ ކުލިބަލީ ވަނީ އެ ޓީމަށް އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށްދީ ލީޑް ނަގައިދީފައެވެ. އެ ހާފް ނިމުމުގެ ކުރިން ސިޓީގެ ފޮޑެން ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކޮށްދީފައެވެ. ހިލާލް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮދިން މާކޮސް ލިއަރނާޑޯއެވެ.

ސިޓީން މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު ރޭ ދަންވަރު ކުޅުނު މެޗުން އިޓަލީގެ އިންޓަރ މިލާންވެސް ވަނީ ބްރެޒިލްގެ ފްލެމިނެންސް އަތުން 0-2 ލަނޑުން ބަލިވެ މުބާރާތުން ކަޓާފައެވެ. ކުއާރޓާ ފައިނަލްގެ ފަހު ޖާގަ ޔަގީން ކުރުމަށް ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ސްޕެއިންގެ ރިއާލް މެޑްރިޑް ނުކުންނާނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ. އަދި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް މާދަމާ ހެނދުނު 6 ޖަހާއިރު ނުކުންނާނީ މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށެވެ.

Advertisement
Advertisement

ކޮމެންޓް (0)