ތޮއްޑޫ "ރިދަން އެކަޑަމީ ޗެންޕިއަންޝިޕް" މި މަހުގެ 12 ގައި ފަށަނީ

  • 10 ސެޕްޓެމްބަރ 2026
ތޮއްޑޫ ކައުންސިލް
ފޮންޓު ސައިޒު: ށ ށ ށ

"ރިދަން އެކަޑަމީ ޗެންޕިއަންޝިޕް" ގެ 10 އަހަރުން ދަށާއި 12 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މި ހިނގާ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ އއ. ތޮއްޑޫ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު، ރިދަން ސްޕޯޓުސް އެންޑު ރެކްރިއޭޓަން ކުލަބާއި ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އަންހެނުން ކޮމެޓީ) އާއި ރަށުގެ ގިނަ ވިޔަފާރިވެރިންގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.

މިއީ މި މުބާރާތް ބާއްވާ 3 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތް ރޭވިފައިވަނީ އުމުރުފުރާތައް ވަކިން، ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ 14 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފުޓްބޯޅަ ކުޅުން މިދިޔަ ޖުލައި މަހު ވަނީ ބާއްވާ ނިންމާފައެވެ. އެ އުމުރުފުރާތަކުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެފް.އެފް.އެފް އެކަޑަމީއެވެ.

މި މަހުގެ 12 ގައި ފަށާ 10 އަހަރުން ދަށުގެ ބަޔާއި 12 އަހަރުން ދަށުގެ ބައިގައި ޖުމްލަ 5 އެކަޑަމީއަކުން 11 ޓީމު ވާދަކުރާނެއެވެ.

10 އަހަރުން ދަށުގެ އުމުރުފުރާ (ޖުމްލަ 6 ޓީމު):

ވިކްޓަރީ ސްޕޯޓްސް ކްލަބް (2 ޓީމު) ރިދަން ސްޕޯޓްސް ކްލަބް (2 ޓީމު) ރަސްދޫ (1 ޓީމު) ޖެޓްލައިނާރ އެކަޑަމީ - ސްްރީލަންކާ (1 ޓީމު)

12 އަހަރުން ދަށުގެ އުމުރުފުރާ (ޖުމްލަ 5 ޓީމު):

އުކުޅަސް ފުޓްބޯޅަ އެކަޑަމީ

ރަސްދޫ ފުޓްބޯޅަ އެކަޑަމީ

ވިކްޓަރީ ސްޕޯޓްސް އެކަޑަމީ

ރިދަން ސްޕޯޓްސް އެކަޑަމީ

ޖެޓްލައިނާރ އެކަޑަމީ - ސްްރީލަންކާ

މި މުބާރާތުން ހޮވޭ އެކި ވަނަތަކަށް ހާއްސަ ޓްރޮފީ އާއި މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މޮޅު ކުޅުންތެރިން ހިމެނޭ "ޑްރީމް ޓީމް" ވެސް ހޮވުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކޮށް ބަލާލެވޭނެއެވެ. އެގޮތުން "ވަރަނޫސް" އަދި "ރިދަން ޔޫޓިއުބް ޗެނަލް" އާއި ފޭސްބުކް ޕޭޖްތަކުން މެޗުތައް ލައިވްކުރާނެއެވެ. މީގެ އިތުރުން، މުބާރާތުގެ ފުރިހަމަ މެޗު ޝެޑިއުލް އާއި ފަހުގެ ލައިވް ސްކޯ އަޕްޑޭޓްތައް "ފަހުމިނެޓް" ވެބްސައިޓުން ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

Advertisement
Advertisement

ކޮމެންޓް (0)