އއ.ތޮއްޑޫގައި ހަދަމުންދާ އިމާރަތަކުން ބިދޭސީއަކު ވެއްޓި ބޮޑެތި ޒަޚަމްތަކެއްވެއްޖެ.

  • 10 ފެބްރުއަރީ 2026
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

އއ ތޮއްޑޫ ގައި ހަދަމުންދާ އިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ބޮޑެތި ޒަޚަމްތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 15:30 ކަންހާއިރު ކަމަށް މަންޒަރު ދުށް މީހެއްގެ ފަރާތުން މަޢުލޫމާތު ލިބުނެވެ.

އަދި މި ހާދިސާ ހިނގިތާ މާ ގިނައިރެއްނުވެ ބިދޭސީމީހާ ވަނީ ތޮއްޑޫ ސިއްޚީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި ހާދިސާއާއި ގުޅޭ މާ ބޮޑު މަޢުލޫމާތެއް އަދި ލިބޭގޮތެއް ނުވެއެވެ.

ވެއްޓުނު ބިދޭސީ މީހާގެ އިތުރު އެއްވެސް މަޢުލޫމާތެއް، އަދި އަނިޔާ ލިބިފައިވަނީ ކިހާވަރަކަށްކަން ސާފުވެފައެއް ނުވެއެވެ.

ގިނަ އިމާރާތްތައް ހަދަމުންދާ ރަށްރަށުގައި ސަލާމަތީ ވަޞީލަތް ބޭނުން ކުރުން މަދުކަން ފާގަކަ ކޮށްލެވެއެވެ. މިފަދަ ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވާ އެއް ސަބަބަކީ ސަލާމަތީ ވަޞީލަތް ބޭނުން ނުކޮށް އުޅުމެވެ.

Advertisement
Advertisement

ކޮމެންޓް (0)