ތޮއްޑޫ ސްކޫލްގެ 2023- 2024 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

  • 23 ޖުލައި 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

22 ޖުލައި 2025 ގައި ތޮއްޑޫ ސްކޫލުގެ 2023- 2024 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ވަނީ ބޭއްވިފައެވެ. އަދި ތޮއްޑޫ ސްކޫލުގެ ރަން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް ޓްރޮފީތަކާއި ހަނދާނީ ފިލާ ވަނީ ހަވާލުކުރެވިފައެވެ.

2024- 2023 ވަނަ އަހަރުގެ ޖެނެރަލް ޕްރޮފިޝިއެންސީ ޕްރައިޒް 6 ދަރިވަރަކަށް ލިބިބފައިވެއެވެ. ކްލާސް ޕްރައިޒް 5 ދަރިވަރަކަށް ލިބިފައިވެއެވެ. ކްލާސް ޕްރޮގްރެސް ޕްރައިޒް 7 ދަރިވަރަކަށް ލިބިފައިވެއެވެ. އަދި ސަބްޖެކްޓް ޕްރައިޒް 6 ދަރިވަރަކަށް ލިބިފައިވެއެވެ.

ޑިސްޓިންގޝަން އެވާޑް 6 ދަރިވަރަކަށް ލިބިފައިވެއެވެ. ހަޔާރ ޑިސްޓިންގޝަން އެވާޑް 3 ދަރިވަރަކަށް ލިބިފައިވެއެވެ. އަދި ޓޮޕް އެޗީވާރސް އެވާޑް ސްކޫލް ލެވެލް އިން 5 ދަރިވަރަކަށް ލިބިފައިވެއެވެ.

2024 ވަނަ އަހަރު ތޮއްޑޫ ސްކޫލްއިން އޯލެވެލް ނިމި ޓޮޕް އެޗީވާރސް އެވާޑް ގައުމީ ފެންވަރުން 4 ދަރިވަރަކަށް ލިބިފައިވެއެވެ. އަދި 2023 ވަނަ އަހަރު ތޮއްޑޫ ސްކޫލްއިން އޯލެވެލް ނިމި ޓޮޕް އެޗީވާރސް އެވާޑް ގައުމީ ފެންވަރުން 2 ދަރިވަރަކަށް ލިބިފައިވެއެވެ.

2024- 2023 ވަނަ އަހަރު ތޮއްޑޫ ސްކޫލްގެ އޯލެވެލް ބެޗްގައި 25 ދަރިވަރުން ވާދަކޮށް، އޯލެވެލްގެ ބެސްޓް އޯލް ރައުންޑް ހާސިލްކޮށްފައިވަނީ، ޚަދީޖާ ނިޝާނީ ނަދީމް (10އޭ) އެވެ. އަދި އޭލެވެލް ބެޗްގައި 11 ދަރިވަރުން ވާދަކޮށް އޭލެވެލްގެ ބެސްޓް އޯލް ރައުންޑް ހާސިލްކޮށްފައިވަނީ، އަބްދުއްﷲ ވިއާމް (11އޭ) އެވެ.

ތޮއްޑޫ ސްކޫލަކީ ކޮންމެ އަހަރަކުވެސް، ދަރިވަރުން ރަންވަނަތަކެއް ނެރޭ ސްކޫލެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)