އުކުޅަހުގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާއެއްދީފި.
- 01 ސެޕްޓެމްބަރ 2025
26 އަހަރުގެ ޒުވާން ފިރިހެނަކު އޭނާގެ 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އިންޖެކްޝަން ޖަހަން ނުދެއްކުމުން ރުޅިއައިސްގެން ބައްޕައަށް ވަޅިން ހަމަލާދިން ކަމަށް މައުލޫމާތު ލިބެއެވެ.
މި ޒުވާން ފިރިހެންމީހާއަކީ ފުރާވަރަށް އެރީއްސުރެން ބައްޕަ ބެލުމުގައި އުޅޭ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައްޕަ އަށް ފަރުވާ ކުރުމަށް ބޭރުން ޑޮކްޓަރަށް ދެއްކުމުން ގަވާއިދުން ޖަހަން ދިން އިންޖެކްޝަނެއް މި ފަހަކުން އައިސް ބައްޕަ ނުރުހޭތީ ގަވާއިދުން ނުޖެހޭކަމަށް ވެސް މައުލޫމާތު ލިބުނެވެ. އެހެންކަމުން އެކަމުގައި އެހީ ހޯދުމަށް އާއިލާއިން ރަށު ކައުންސިލާއި، ހެލްތް ސެންޓަރާއި އަދި މާލޭގެ ކަމާބެހޭފަރާތަކުންވެސް ވާހަކަ ދައްކާ ލަފާހޯދިކަމަށްވެއެވެ.
މި ހާދިސާހިނގާފައިވަނީ ރޭގެ 22:20 ކަންހާއިރު ކަމަށްވެސް މައުލޫމާތު ލިބެއެވެ. ބައްޕަ ގަޔަށް އިންޖެކްޝަން ޖެހުމަށްފަހު މީހުން ގެއިން ދިޔަވަގުތު ބައްޕަ ދެކެ ރުޅިއައިސްގެން ބަނޑަށް ވަޅި ހެރީކަމަށް ވެސް ރަށު ކައުންސިލުން މައުލޫމާތު ލިބެއެވެ.
ނަމަވެސް ބަނޑަށް އެހާ ފުންކޮށް ވަޅިހެރިފަ ނެތްކަމަށާއި އަތުގެ ތަނެއް ހަލާކުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ރޭގައި އުކުޅަހު ހެލްތް ސެންޓަރަށް ފަރުވާދޭން ގެންދެވުނެވެ. އަދި މިހާރު އެމީހާގެ ހާލު ރަނގަޅުކަމަށް ހެލްތްސެންޓަރުން ބުނެފައިވެއެވެ.
އަދި މިހާރު ވަނީ އެ ފިރިހެންމީހާ ހައްޔަރު ކުރެވި މައްސަލަ ބަލަންފަށާފައިކަމަށް މައުލޫމާތު ލިބެއެވެ.