ފީފާ ކްލަބް ވާލްޑް ކަޕް ފެށުމުގެ ގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ލަޔަނަލް މެސީގެ އިންޓަރ މިއާމީ ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެ.

  • 15 ޖޫން 2025
ގޫގުލް ފޮޓޯ
ފޮންޓު ސައިޒު: ށ ށ ށ

ފީފާ ކްލަބް ވާލްޑް ކަޕް ފެށުމުގެ ގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ލަޔަނަލް މެސީގެ އިންޓަރ މިއާމީ ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެ.

އެމެރިކާގައި މިއަދު ފެށި މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި ބައްދުކޮށްފައިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލް އާއި، އެމެރިކާގެ އިންޓަރ މިއާމީއެވެ. މި ދެޓީމު ބައްދަލުކުރި މެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި އަލް ހިލާލްއިން ވަނީ ގިނަ ހަމަލާތަކެއް އިންޓަރ މިއާމީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތައް ދިފާޢުކުރުމުގައި މިއާމީގެ ކީޕަރުގެ ހުށިޔާރުކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ފުރަތަމަ ހާފާއި ޙިލާފަށް ދެވަނަ ހާފްގައި އިންޓަރ މިއާމީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ހިލާލްގެ ގޯލަށް ގިނަ ހަމަލާތައް ފޮނުވާލާފައެވެ.

މި މުބާރާތުގައި މިރޭވެސް މި މުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ޖަރުމަނުގެ ބަޔާން މިޔުނިކް އާއި، ނިއުޒިލެންޑްގެ އޮއުކްލެންޑް ސިޓީއެވެ. މިރޭ 12 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފްރާންސްގެ ޕީ.އެސް.ޖީ އާއި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑެވެ. އަދި މިރޭ މެންދަމު 3 ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ބްރެޒިލްގެ ޕަލްމެއިރަސް އާއި، ޕޯޗުގަލްގެ އެފް.ސީ ޕޯތޯއެވެ.

މި މުބާރާތުގައި މިއަހަރު ޖުމްލަ 32 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ 8 ގްރޫޕަކަށް ބަލާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޓީމެއް މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކުރާނެއެވެ.

Advertisement
Advertisement

ކޮމެންޓް (0)