އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 2025 އިއްޔެ ފަށައިފި.
- 02 ސެޕްޓެމްބަރ 2025
މިއަހަރުގެ އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް 10 ޓީމަކާއި އެކު އިއްޔަ ފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަރިއުތުރު ސްޕޯޓްސް ފެސްޓިވަލްގައި ކުރީ އަހަރުތަކުގައި ކުރިއަށްގެންދެވިފައި ވަނީ ވޮޅީ އާއި ހޭންޑްބޯޅައެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި ކުރިއަށް ގެންދަނީ ހޭންޑްބޯޅަ އާއި ފުޓްބޯޅަ އިވެންޓެވެ.
މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މި އަތޮޅުގެ ރަށްތަކުގެ ގުޅުން ރަނގަޅުކުރުމާއި، ޒުވާން ކުދިންނަށް ކުޅިވަރުތެރެއަށް ނުކުތުމުގެ ފުރުސަތު ހޯދާދިނުމާއި، ކުޅިވަރު ކުޅުމުން ދުޅަހެޔޮ ސިއްހަތެއް ލިބުމާއި އަދި ކުޅިވަރުން ދުނިޔޭގެ ފެންވަރުގެ ޓީމް ތަކެއް އުފެއްދުން ކަމަށް އަރިއުތުރު އަތޮޅު ކައުންސިލްއިން މައުލޫމާތު ދިނެވެ.
މި މުބާރާތުގައި އިއްޔެ ވަނީ ފުޓްބޯޅަ އިވެންޓްގެ 2 މެޗް ކުޅެފައެވެ. އަދި ހޭންޑްބޯޅަ އިވެންޓުގެވެސް 2 މެޗް ކުޅެފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ހޭންޑްބޯލްއިން 1 ވަނަ ޓީމަކަށް ހޮވިފައިވަނީ އއ.ރަސްދޫ ޓީމެވެ. އަދި ވޮލީ އިން 1 ވަނަ ހޯދާފައިވަނީ އއ.ތޮއްޑޫ ޓީމެވެ.
މި އަހަރުގެ މުބާރާތަކީ އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް ބޭއްވޭ 4 ވަނަ ފަހަރެވެ.