2026 ވަނަ އަހަރުގެ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި.

  • 08 މާރޗް 2026
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 30 އޭޕްރީލްގެ ނިޔަލަށް ހަމަވާއިރު މިފަހަރުގެ މުބާރާތުގައި ޖުމްލަ 4 އުމުރުފުރާޔަކަށް ބަހާލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 10 އަހަރުން ދަށާ، 12 އަހަރުން ދަށާ، 14 އަހަރުން ދަށުގެ އިތުރުން 17 އަހަރުން ދަށެވެ. ކޮންމެ އުމުރުފުރާއަކުންވެސް ޖުމްލަ 12 ޓީމަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް ރިދަން އެކަޑަމީން މަޢުލޫމާތު ދެއެވެ. މިއީ ރިދަން އެކަޑަމީން ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ބާއްވާ 3 ވަނަ އަހަރުއެވެ. މިވަގުތު އެ އެކަޑަމީން ފުޓްބޯޅަ އިވެންޓަށް ފުރުޞަތު ހުޅުވާލާފައިވީ ނަމަވެސް މިއަހަރު ހޭންޑްބޯޅަ މުބާރާތެއްވެސް ބޭއްވުމަށް ތާވަލްކުރެވިފައިވާކަމަށް ރިދަން އެކަޑަމީން މަޢުލޫމާތުދެއެވެ. މުބާރާތުގައި ބައިވެރިވާ 17 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 17 އިން 23ގެ ނިޔަލަށެވެ. އަދި 12 އަހަރުން ދަށާ 10 އަހަރުން ދަށުގެ ކުދިންގެ މެޗްތައް ތާވަލްކުރެވިފައިވަނީ ސެޕްޓެމްބަރ 12 އިން 17 އަށް ކަމަށް ރިދަން އެކަޑަމީން މަޢުލޫމާތު ދެއެވެ. 17 އަހަރާއި 14 އަހަރުން ދަށުގެ ކުޅުންތެރިން މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލެފައިވަނީ މެއި 31 ގެ ނިޔަލަށެވެ. އަދި 12 އަހަރާއި 10 އަހަރުން ދަށުގެ ކުޅުންތެރިން މުބާރާތުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލެފައިވަނީ 15 އޮގަސްޓްގެ ނިޔަލަށެވެ.

މީގެ އިތުރުން ސްޕޮންސަރުންނަށް މުބާރާތް ސްޕޮންސަރ ކުރުމަށްވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. ވޭތުވެދިޔަ ދެ އަހަރު މި މުބާރާތައް ރާއްޖޭގެ ވަރަށްގިނަ އެކަޑަމީތަކުން ބައިވެރިވެފައިވާއިރު މި އަހަރުގެ މުބާރާތަކީ ކުރިން ދެއަހަރަށްވުރެ ކާމިޔާބު އަދި ކުރިން ދެއަހަރު ބައިވެރިވި ޓީމުތަކުން ރަނގަޅުކުރަން އެދުނު ކަންކަން ރަނގަޅުކޮށްގެން ކުރިއަށް ގެންދާނެ މުބާރާތެއް ކަމަށް ރިދަން އެކަޑަމީން މަޢުލޫމާތުދެއެވެ.

Advertisement
Advertisement

ކޮމެންޓް (0)