ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝަމީމް އައްޔަނުކޮށްފި
- 16 އޮގަސްޓް 2026
މި މަގާމަށް އާދަމް ޝަމީމް އައްޔަނުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ޝަމީމް މަގާމަށް ޢައްޔަންކުރުމާ ގުޅިގެން ޖޭއެސްސީގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ތަޢުލީމާއި ތަޖުރިބާއަލްއުސްތާޛު އާދަމް ޝަމީމަކީ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޤާނޫނީ ދާއިރާގައި 14 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އަދި މި މަޤާމަށް ޢައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުމާއި، ބަޖެޓުގެ ކަންކަމާއި، މުވައްޒަފުންގެ ކަންކަން ރާވައި ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވަންޖެހޭ ފަރާތެވެ.
ޖޭއެސްސީގެ މެންބަރުންނާއި މުވައްޒަފުން ވަނީ އާދަމް ޝަމީމްގެ ޤާބިލުކަމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.


ޖޭއެސްސީ




