ރިދަން އެކަޑަމީ ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ ސެމީފައިނަލަށް އޮޑި އެކަޑަމީ، ބީޖީ ސްޕޯޓްސް، އެމް.އެސް.އެމް އެކަޑަމީ އަދި ރިދަން އެކަޑަމީ ދަތުރުކޮށްފި.

  • 25 ސެޕްޓެމްބަރ 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ 12 އަހަރާއި 14 އަހަރުން ދަށުގެ މެޗްތައް ނިމުމަށްފަހު 23 ސެޕްޓެމްބަރ 2025 ވަނަ ދުވަހު ވަނީ 10 އަހަރާއި 17 އަހަރުން ދަށުގެ މެޗްތައް ފަށާފައެވެ.

ފޯރިގަދަ މެޗްތަކަކަށްފަހު މިއަދު ވަނީ 17 އަހަރުން ދަށުގެ ކުއާޓާރ ފައިނަލްގެ 4 މެޗެއް ކުޅެފައެވެ

17 އަހަރުން ދަށުގެ ކުއާޓާރ ފައިނަލް ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ، ބީޖީ ސްޕޯޓްސް އާއި އެމްޖީ ސްޕޯޓްސްއެވެ. 0 – 2 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ، ބީޖީ ސްޕޯޓްސްއެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ އިބްރާހިމް އަޔާން ތަންޒީމް، ޖާރޒީ ނަންބާރ 8، ބީޖީ ސްޕޯޓްސް އަށެވެ.

ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ، އެމްއެސްއެމް އެކަޑަމީ އާއި ސަޑޭ އެކަޑަމީ އެވެ. 0 – 3 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ، އެމްއެސްއެމް އެކަޑަމީއިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ ޝާދިން އަބްދުއް ރައްޒާގް، ޖާރޒީ ނަންބާރ 9، އެމްއެސްއެމް އެކަޑަމީ އަށެވެ.

ތިންވަނަ މެޗްގައި ވާދަކޮށްފައިވަނީ، އޮޑިއެކަޑަމީ އާއި މާޒިޔާ އެކަޑަމީއެވެ. 0 – 0 އަކުން އެއްވަރު ވުމުން ޕެނަލްޓީ ގެ ނަތިޖާއިން 4 – 5 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ، އޮޑި އެކަޑަމީއިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ އަހްމަދް އަފްނާން އަލީ، ޖާރޒީ ނަންބާރ 17، އޮޑި އެކަޑަމީ އަށެވެ.

ހަތަރުވަނަ މެޗްގައި ވާދަކޮށްފައިވަނީ، ރިދަން އެކަޑަމީ އާއި އެޑްވެންޗާރ ފުޓްބޯލް އެކަޑަމީ އެވެ. 0 – 0 އަކުން އެއްވަރު ވުމުން ޕެނަލްޓީ ގެ ނަތިޖާއިން 4 – 5 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ، ރިދަން އެކަޑަމީ އިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ އިބްރާހިމް ނަޒާލް، ޖާރޒީ ނަންބާރ 23، ރިދަން އެކަޑަމީއަށެވެ.

17 އަހަރުން ދަށުގެ ސެމީފައިނަލަށް 4 ޓީމެއް ހޮވިފައިވެއެވެ. ފުރަތަމަ މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، ބީޖީ ސްޕޯޓްސް އެކަޑަމީ އާއި އޮޑި އެކަޑަމީ އެވެ. ދެވަނަ މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، އެމްއެސްއެމް އެކަޑަމީ އާއި ރިދަން އެކަޑަމީއެވެ. މާދަމާގެ ސެމީފައިނަލް މެޗްތަކަށްފަހު ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ފައިނަލަށް ވާދަކުރާ ދެ ޓީމް އެނގިގެންދާނެއެވެ.

މިއަދު ހަވީރުގެ 10 އަހަރުން ދަށުގެ ސެމީ ފައިނަލް ދެ މެޗެއް ކުޅެވިގެން ދިޔައެވެ. ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ، އެޑްވެންޗާރ އެކަޑަމީ އާއި ރިދަން އެކަޑަމީ އިންނެވެ. 0 – 5 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ އެޑްވެންޗާރ އެކަޑަމީއިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ، އަލްވީން އަހްމަދް އާޒިމް، ޖާރޒީ ނަންބާރ 11، އެޑްވެންޗާރ އެކަޑަމީ އަށެވެ.

10 އަހަރުން ދަށުގެ ސެމީ ފައިނަލް ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ، އޮޑި އެކަޑަމީ އާއި ރިދަން އެކަޑަމީ އިންނެވެ. 0 – 5 ގެ ނަތީޖާއިން މި މެޗް ކާމިޔާބު ކޮށްފައިވަނީ، އޮޑި އެކަޑަމީ އިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ލިބިފައިވަނީ، ކައިސަން ހުސައިން ޔޫސުފް، ޖާރޒީ ނަންބާރ 7، އޮޑި އެކަޑަމީއަށެވެ.

ރިދަން އެކަޑަމީ ޗެމްޕިއަންޝިޕްގެ 10 އަހަރުން ދަށުގެ ފައިނަލަށް ނެގިފައިވަނީ، އެޑްވެންޗާރ ފުޓްބޯލް އެކަޑަމީ އާއި އޮޑި އެކަޑަމީއެވެ.

Advertisement
Advertisement

ކޮމެންޓް (0)